ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ އަޑަށް ކަންބޮޑުވާ ބައެއް ނެތް، ކޮންމެ ސަރުކާރެއް ދަނީ ލާރިގަނޑު ޖީބަށް ޖަހައިގެން: ސަރަނގު އާދަމް

މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިއަދު ވައްކަން ކުރާ ވާހަކަ އަޑު އިވުމުން އެކަން ސީރިއަސްކޮށް ނަގާ ކަންބޮޑުވާ ބައެއް ނެތް ކަމަށާއި ކޮންމެ ވެރިކަމެއް ވެސް އައިސް ރައްޔިތުންގެ ފައިސާތައް ޖީބަށް ޖައިގެން ދަނީކަމަށް މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ސަރަނގު އާދަމް މަނިކު ވިދާޅުވީ ދައުލަތެއްގެ ތެރޭގައި ވައްކަމުގެ އަމަލުތަކެއް ހިންގައިފިކަމަށް ބުނުމުން އެއީ މިހާރު ގިނަ ރައްޔިތުން ހައިރާންވާ ވަރުގެ ކަމެއް ވެސް ނޫން ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލުމާ ވައްކަން އިތުރުވެފައިވާއިރު، ކޮންމެ ސަރުކާރެއް ވެސް ވުޖޫދަށް އައުމަށްފަހު ދައުރު ނިންމާލަނީ “ލާރިގަނޑު ޖީބަށް” އަޅައިގެން ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ މިއަދު މުޖްތަމައުގެ ހާލަތަކީ، ވައްކަން ކުރީމާ އެކަމާއި މީހަކު ދެރަވެ ކަންބޮޑު ވެސް ނުވާ ކަމަށެވެ.

ރާއްޖެއަށް ލިބުނު އެހީތަކަށް އިޝާރާތް ކުރައްވާ އާދަމް މަނިކު ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަބަދުވެސް ރާއްޖެއަށް ލިބޭ ކޮންމެވެސް އެހީއެއް ނުވަތަ ލޯނެއްގެ ވާހަކަ ޓްވީޓު ކުރައްވާނެ ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ މިއީ ހިލޭ ލިބޭ އެހީތަކެއް ނޫންކަމަށާއި، މީގެ ތެރޭގައި އޮންނާނީ ދެގޮތެއް ކަމަށެވެ. އެއީ ގައުމުގެ އިސްތިގްލާލު ވިއްކާލާ ހިލޭ އެހީއެއް ނެގުމާއި ފަހުން ދައްކާގޮތަށް ނަގާ ލޯނު އެހީތައް ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ މީގެއިން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް އެއަށް ޒިންމާވަނީ ރައްޔިތު މީހާ ކަމަށެވެ. އަދި އެ ފައިސާ އަނބުރާ ދައްކަން ޖެހެނީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ، ވައްކަން ކުރާ ބަޔަކު އެ ވައްކަން ކުރަނީ ދައުލަތުގެ ޖީބުން ކަމަށެވެ. އަދި ހިޔާނާތް ވަނީ ވެސް ރައްޔިތުންގެ ފައިސާއަށް ކަމަށެވެ. ދައުލަތުގެ ތެރޭގައި އޮޅުވާލުންތަކެއް ވާނަމަ އެކަން ބެލެންޖެހޭނެކަން ފާހަގަކުރައްވާ އާދަމް މަނިކު ވިދާޅުވީ، ސަރުކާރު އުފެދިގެން އައުމުގެ ކުރިން “ޒީރޯ ޓޮލަރެންސް” އެއްގެ ވާހަކަ ދެއްކި ކަމަށެވެ. އެހެން ނަމަވެސް މިއަދު އެ ވިދާޅުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ފެންނާކަށް ނެތްކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ހިނގައިދިޔަ ހިޔާނާތާއި އޮޅުވާލުންތަކުގެ ސަބަބުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގޭގައި ހުންނެވިއިރު އާދަމް މަނިކު ވަނީ މިނިސްޓަރު ގޭގައި ހުރީ އަމިއްލައިންކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީ ސީދާ ވަގުތުން ވަގުތަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ޖެހޭނެ ފިޔަވަޅެއްކަން އާދަމް މަނިކު ފާހަގަކުރެއްވިއެވެ.

އެހެން ވީމަ ޒީރޯ ޓޮލަރެންސް ވެސް އެއީ ކޮން ކަހަލަ ޓޮލަރެންސްއެއް ކަމެއް އަޅުގަނޑަށް ވެސް ނޭނގެ: އާދަމް މަނިކު

އާދަމް މަނިކު ވިދާޅުވީ، ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތައް ވެސް ބޮޑު ނިވާފަތްގަނޑަކަށް ވަނީ ޖީބުތައް ފުރާތީ ކަމަށެވެ. ރައްޔިތު މީހާ ކާން ގަންނަ ކުޑަ ކާ އެތިކޮޅުވެސް ޓެކްސްގެ ނަމުގައި ކަރުތެރެއަށް އަތް ބާނާ ނަގާއިރު، ދެވޭ އެއްވެސް ހިދުމަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ނަގާ ލާރިތައް ދަނީ ބައެއް މީހުންގެ ޖީބުތަކަށް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހަމައެކަނި އަތެއް ވަނީ އަމީންގެ އެއް ނޫންކަމާއި، އިތުރު ބައެއްގެ ބައިވެރިވުން ނުވަތަ ވަޒީރުންތަކެއްގެ ބައިވެރިވުން އޮންނާނެކަމަށް އާއްމުން ތުހުމަތު ކުރަމުންދާކަމަށް ސުވާލު ކުރުމުން އާދަމް މަނިކު ވިދާޅުވީ ރާއްޖޭގައި މިއޮތީ އާދައިގެ ކޮރަޕްޝަނެއް ނޫން ކަމަށެވެ. މިއީ “އިންސްޓިޓިއުޝަނަން ކޮރަޕްޝަން” ކަމަށާއި، ކޮރަޕްޝަނަކީ ހަމައެކަނި ލާރިން ވައްކަން ކުރުމެއް ނޫން ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ، މިއަދު ދައުލަތުގެ ވަޒީރެއް ލޮލަށް ފެންނާކަށް ނެތް ކަމަށެވެ. އަދި ސަރުކާރު ރަނގަޅަށް ހިނގާތަން ވެސް ނުފެންނަ ކަމަށެވެ. އެހެން ކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިކުމެވަޑައިގެން ގައުމު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަކީ، މާދަމާ ވެސް މާލޭގެ ސަރަހައްދުގެ އެއްވެސް ރައްޔިތަކު ބޭރަށް ނިކުމެގެން ނުވާނެކަމަށް ސީދާ ހުދު ރައީސް ވިދާޅުވެއްޖެނަމަ މަގުތަކަށް ވެސް ނިކުންނާނެ ބައެއް ނޫންކަން އާދަމް މަނިކުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: