ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގިނައީ ލިންކެއް ނެތް ކޭސްތައް، މުޖްތަމައުގެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑް ވަރަށް ބޮޑަށް އެބައޮތް”

ރާއްޖޭން ފެންނަ ޕޮޒިޓިވް ކޭސްްތައް ވަނީ ފަހަކަށް އައިސް ވަރަށް ބޮޑުތަނުން އިތުރުވެފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ތެރޭގައި ބަލި ފެތުރޭ ނިސްބަތަށް ބަލާއިރު، މިހާރު މުޖްތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތްކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ރާއްޖޭގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދުތައް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ކޭސްތަކަށް ވަކި ވަކިން ބަލާއިރު މިހާރު ފެންނަމުން ދާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހީންކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ބައްޔަށް ޕޮޒިޓިވް ވެގެން ރިޕޯޓު ކުރާ ކޭސްތަކުގެ ތެރޭގައި ހިމެނޭ އުމުރުފުރާގައި ގިނައީ ޒުވާނުންނެވެ. ހާއްސަކޮށް މީގެ ތެރޭގައި ކުޑަ ކްލަސްޓާތައް ގިނަކަން އެޗްއޯސީން ހިއްސާ ކުރި ސްލައިޑުތަކުން ދައްކައެވެ. ނޫސްވެރިންނާއި މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ އެންމެ މީހެއްގެ ފަރާތުން ވެސް މަދު މީހަކަށް ބަލި ޖެހުނަސް، އުފެދިގެން އެ ސައިކަލް ރިޕީޓުވަމުން ދާ ނަމަ އެއީ އިތުރުވާ ކުދި ކްލަސްޓާތަކެއް ކަމަށެވެ.

މީގެ އިތުރުން ފަހުން އައިސް ފެންނަ ކޭސްތަކުގެ ތެރޭގައި، އެއްވެސް އަލާމާތެއް ނެތި ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނައިރު ޑރ. އަފްޒަލް ވިދާޅުވީ މުޖްތަމައުގެ ތެރޭގައި ވަރަށް ބޮޑަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް ފާހަަގަ ވަނީ ނޮން ލިންކްޑް ކޭސްތައް އިތުރުވަމުން ދިއުންކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. ބަލި ޖެހުނު ގޮތެއް ނޭނގި، ބައްޔަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުން ދިއުމަކީ ނުރައްކާތެރިކަމެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ފެންނަ ކޭސްތަކުގެ ތެރޭގައި، ގިނައީ އޭ ސިމްޓަމެޓިކް މީހުންކަން މީގެ ކުރިން ވެސް އެޗްއީއޯސީން ވަނީ ފާހަގަކޮށްފައެވެ. މިހެން ދިމާވާ މައިގަނޑު ސަބަބަކީ އެއްވެސް އަލާމާތެއް ނެތް މީހުންގެ އިމުނިޓީ ނުވަތަ ދިފާއީ ނިޒާމް ވަރުގަދަ ވުމެވެ.

މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީން ނަމަވެސް އެ އަދަދުތައް ދަށްވެ، ދިވެހިންނަށް ބަލި ޖެހޭ ނިސްބަތް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ކޭސްތައް އިތުރު ވަމުންދާ ގޮތަށް ބަލާއިރު ދިވެހިން ވިސްނަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރަންޖެހޭ ކަމަށެވެ. ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި މިހާރު ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށާއި، އެއްވެސް ކްލަސްޓާއަކާއި ގުޅުމެއް ނެތް، އިންޑިޕެންޑެންޓް ކޭސްތަކުގެ އަދަދު ވެސް އިތުރުވާން ފަށާފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކުދި ކްލަސްޓާތަކުގެ ވާހަކަތައް ދައްކާއިރު، އެއީ ވަރަށް ގިނަ އަދަދެއްކަން ވެސް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެކެއްގެ ފަރާތުން، ބަލި ޖެހި އަދި އެ މީހެއްގެ ފަރާތުން ވެސް އިތުރު މީހުންނަށް ބަލި ޖެހެމުން ދާކަމަށެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭއިރު، ޑރ، އަފްޒަލް ވިދާޅުވީ އެންމެ މުހިންމީ މިހާރު ކޮމިއުނިޓީ ސްޕްރެޑް ލެވެލް އޮތްވަރު ދަށް ކުރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: