ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިޑު ކޮމިޓީން ނިންމުންތައް ނިންމީ ލިޔެކިއުންތަކަށް، މިހާރު ފެންނަނީ ވަކި ބަޔަކު ބަދުނާމު ކުރާތަން: ނިޝާމާ.

ނިޝާމާ އަކީ، ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ޗެއާ/ ނިޝާނާއަށް މީގެ ކުރިން ވެސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތް މިނިސްޓްރީގެ ބިޑު ކޮމިޓީގެ ނިންމުންތައް ނިންމީ ލިޔެކިއުންތަކަށް ރިއާޔަތްކޮށް ކަމަށާއި، މައްސަލައިގައި މިހާރު އަމަލު ކުރާތަން ފެންނަނީ ވަކި ބަޔަކު ބަދުނާމު ކުރާ އުސޫލެއްކަމަށް ބިޑު ކޮމިޓީގެ ޗެއާ އަދި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑު ފެތުރެން ފެށުމާއި އަދި ބައްޔަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީތަކުންކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް އޮޑިޓް އޮފީހުން ދަނީ އާއްމު ކުރަމުންނެވެ. އެގޮތުން ހެލްތް މިނިސްޓްރީގެ އޮޑިޓު ދައްކާ ގޮތުގައި މިނިސްޓްރީން ވަނީ މެޑިކަލް ސާމާނުތައް ގަތުމުގައި ބޮޑެތި މަކަރާއި ހީލަތް ހަދާ، އޮޅުވާލުންތަކެއް އޮޅުވާލާފައެވެ. އަދި އޭގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިފާ ގިނަ އަމަކުތަކެއް ހެލްތްގެ ތެރޭގައި ހިނގާފައިވާކަން މިނިސްޓްރީގެ އޮޑިޓުން ވަނީ ހާމަވެފައެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓާއި އެކު، ބާރު ލިބިގެން ދިޔައީ މީގެ ކުރިން ވެސް މިނިސްޓްރީގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަށެވެ. އަދި މީޑިއާތަކުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް އަމާޒުކޮށް ކިޔަމުން ދިޔަ ފާޑުކިޔުންތަކާއި އެކު އަމީން ވަނީ މައްސަލަ ބަލާ ނިމެންދެން މަގާމުގެ މަސައްކަތްތަކުން އެކަހެރިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ހުށަހަޅާފައެވެ. އަދި ހަމަ އެރޭގެ ވަގުތެއްގައި އޮޑިޓު ރިޕޯޓުގައި ބޮޑެތި އިހުމާލުތަކެއްވާކަމަށް ތުހުމަތުކޮށްފައިވާ ބިޑު ކޮމިޓީގެ މެމްބަރުން ސަސްޕެންޑުކޮށް ގޭގައި މަޑު ކުރުމަށް ރައީސް ސޯލިހް އެންގެވިއެވެ.

މައްސަލައިގައި ބިޑު ކޮމިޓީގެ ޗެއާއަކަށް ހުންނެވި ނިޝާމާއަށް ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުންނެވެ. އެހެން ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ނިޝާމާ އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހަގީގަތް އޮޅޭ ގޮތަކަށް އެކި ޕްލެޓްފޯމުތަކުގައި ވާހަކަތައް ދެކެވެމުން ދާ ކަމަށެވެ. އަދި ވަކި ބަޔަކު ބަދުނާމު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރެވެމުން ދާ ކަމަށެވެ. ނިޝާމާގެ އެ ބަޔާނުގައި ވިދާޅުވީ އެއްވެސް ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

ނިޝާމާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދުނިޔެއަށް ދިމާވި ބޮޑު ބަލިމަޑުކަމެއްގައި އެންމެ ޑިމާންޑު ބޮޑުވީ ވެންޓިލޭޓަރުތަކަށް ކަމަށެވެ. އަދި މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސިންގަލސް ސޯސް ޕްރޮކިއުމެންޓުގެ ދަށުން 75 ވެންޓިލޭޓަރުތައް ދުބާއީގެ އެގްޒެކިއުޓާސް އާއި ހަވާލު ކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވަނީ މާލިއްުޔަތު ގަވައިދާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ހެލްތްއިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް މެދުވެރިކޮށް ހޯއްދަވާފައިވާ ކުންފުންޏެއް ކަމަަށް ބުނެ މައުލޫމާތުތަކެއް ބިޑު ކޮމިޓީއަށް ހުށަހެޅި ކަމަށެވެ. ނިންމުން ނިންމާފައި ވަނީ ބިޑު ކޮމިޓީގެ ފަރާތުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުން އިތުރަށް މައުލޫމާތު ސާފުކޮށް އަދި ފައިނޭންޝިއަލް އެގްޒެކެޓިވް ބިޑު ކޮމިޓީއަށް ހާޒިރުކޮށް ދެއްކެވި މައުލޫމާތުގެ މައްޗަށް ބުރަވެކަމަށް ބަޔާނުގައި ވެއެވެ.

ނިޝާމާ ވިދާޅުވީ އެޕްރޫވަލް ދިނީ ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ދެއްވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ކުރިޔަށް ގެންދިއުމަށް އަންގާފައިވުމާއި އެކު ކޮންމެހެން ހޯދަން ޖެހޭ ވެންޓިލޭޓަރުތަކަށް ވުމުން ވަގުތާއި ހަލަތަށް ބަލައި ވެންޓިލޭޓަރުގެ މުހިންމުވެފައިވާ ހާލަތެއްގައި އެ ނުލިބި ލަސްވެއްޖެނަމަ ނުރައްކާވެދާނެކަމަށް ބުނެ ހުށަހަޅާފައިވާތީ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ތަހުގީގު ކުރިޔަށް ދަނިކޮށް، ވަކި ބަޔަކު ބަދުނާމު ކުރުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި މިއީ މިހާރު ކުރިޔަށް ދާ ތަހުގީގަށް ފޯރުވާ ނުފޫޒެއްގެ ގޮތުގައި ދެކޭކަމަށް ނިޝާމާ ވިދާޅުވިއެވެ. ނިޝާމާ ވިދާޅުވީ މައްސަލައިގައި ބަލަންވީ ހަމައެކަނި މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުއާމަލާތްތަކުގެ ހުރިހާ މަރުހަލާއެއްގައި ބައިވެރިވީ އެންމެންގެ ބައިވެރިވުން ހިމަނައިގެން ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ.

މި މައްސަލައިއިގައި މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާއެއްގައި މިކަމުގައި ބައިވެރިވީ މީހުން ޝާމިލްވާ ގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ކަމާއި ގުޅުން ހުރި އިދާރާތްތަކުން ކޮށް ހިންގާފައިވަ ގޮތުގެ ތަފްސީލު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ.

ބަޔާން ނިންމާލަމުން ނިޝާމާ ވިދާޅުވެފައިވަނީ ބިޑު ކޮމިޓީގެ ޗެއާއެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރީ ތެދުވެރިކަމާއި އެކު ކަމަށެވެ. އަދި ނިންމުންތައް ނިންމީ ބިޑު ކޮމިޓީއަށް ހުށަހެޅި ލިޔެކިއުންތަކަށް ބިނާކޮށް ކަމަށެވެ. މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާއި، ކުރި މަސައްކަތްތަކުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.25 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން “ސިންގަލް ސޯސް ޕްރޮކިއުމެންޓު” ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓު އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

އެހެން ނަމަވެސް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: