ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލްގެ ސިއްހީ ހާލަތަށް ބަދަލެއް ނާދޭ، އަދިވެސް އޮތީ ވެންޓިލޭޓަރުގައި: ކުޅުދުއްފުށި ހޮސްޕިޓަލް

ނޮޅިވަރަމްގައިމަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު އަދި މި މައްސަލައިގައި ތުހުމަތުތަކެއް ކުރާ އޭނާގެ ފިރިމީހާ ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ނޮޅިވަރަމްގައި އަނބިމީހާގެ މަރުގައި ޝައްކުތަކެއް އުފެދި މައްސަލައިގައި ފުލުހުންގެ ބަންދުގައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލްގެ ހާލު އަދިވެސް ސީރިއަސް ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެެވެ.

ފައިސަލްގެ ހާލު ބެލުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް “ސަންގުން” ގުޅާލުމުން، ހޮސްޕިޓަލްގެ މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ މުހައްމަދު މޫސާ ވިދާޅުވީ ފައިސަލްގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ.

މުހައްމަދު މޫސާ ވިދާޅުވީ ފައިސަލްއަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ކަމަށާއި އޭނާ އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ޑޮކްޓަރުން އަދި މިހާތަނަށް ލަފާ ދީފައިނުވާކަމަށެވެ.

ފައިސަލް ދަންޖެހެން މަސައްކަތް ކުރަނިކޮށް އެކަން އެނގިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 11.15 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފައިސަލްގެ އަނބިމީހާ ނިޝާމާގެ މަރުގެ ތުހުމަތުގައި ފައިސަލް ހައްޔަރު ކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ނިޝާމާގެ މަރުގައި ޝައްކުތަކެއް އުފެދޭކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާގެ ފިރިމީހާ ފަސިލްކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މި މައްސަލައިގައި އާއިލާއިން ބުނި ގޮތުގައި، ނިޝާމާ މަލާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށް ބެލެވޭ ކަމަށެވެ. މި މައްސަލައިގައި، އަދި ފުލުހުން ވެސް ވަކި އެއްޗެއް ބުނެފައި ނުވާއިރު ނިޝާމާގެ ހަށިގަނޑު މާލެ ގެނެސް ޕޯސްޓްމޯޓަމަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: