ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޝާމާގެ ބަސް: ވެންޓިލޭޓަރު ގެނައުމުގައި ބިޑު ކޮމިޓީގެ މާބޮޑު ދައުރެއް ނެތް

ރައްޔިތުންގެ މަޖިލިސް ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން...
ޝެއާރކޮށްލާ ކަހަލަދޯ؟

މައްސަލަ ބޮޑުވެފައިވާ، ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ރާއްޖެއަށް 75 ވެންޓިލޭޓަަރު ގެނައުމަށް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއަށް މެޓީރިއަލްސް ސަޕްލައިކޮށްދޭ ކުންފުންޏެއްކަން ޔަގީންވުމުން ކަމަށް ހެލްތް މިނިސްޓްރީގ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑު ކޮމިޓީގެ ޗެއާ ނިޝާމާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަަވަމުން ނިޝާމާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާ ކަމަށެވެ. އެގޮތުން، މިއަދުގެ ހާލަތަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް ފެންނަ ޕޮޒިޓިވް ކޭސްތައް ސަތޭކައިން މައްޗަށް އަރާކަމަށް ނިޝާމާ ވިދާޅުވިއެވެ. ނިޝާމާ ވިދާޅުވީ، ރާއްޖެ އެންމެ ފުރަތަމަ އޮތީ އޮރެންޖު އެލާޓުގައި ކަމަށާއި އޭރުގެ ހާލަތު ތަފާތު ކަމަށެވެ.

ނިޝާމަ ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިއިރު، ދުނިޔޭގެ އެތައް ގައުމެއްގެ ބޯޑަރުތައް އޮތީ ބަންދުކޮށްފައި ކަމަށެވެ. ނިޝާމާ ވިދާޅުވީ އަވަސް ގޮތެއްގައި ނިންމަން ޖެހޭ އައިސީޔޫ ފެސިލިޓީތަކެއް ހުރުމުގެ ސަބަބުން، އެކަމާއި ބެހޭ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 15 މާޗުގައި ނިންމާފައިވަނީ އެ ފެސިލީޓީތަކަށް 200 ވެންޓިލޭޓަރު ހޯދުމަށް ކަމަށެވެ. އެގޮތުން އެކްޕެންޑިޗާރ އޮތޮރައިޒޭޝަން ކޮމިޓީން ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތައް ހޯދުމަށް އެޕްރީވަލް ލިބުނު ކަމަށް ނިޝާމާ ވިދާޅުވިއެވެ.

ނިޝާމާ ވިދާޅުވި ގޮތުން އެ ކޮމިޓީއަކީ ރައީސް އޮފީހާއި، ފިނޭންސް މިނިސްޓްރީ، އަދި ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ ހިމެނޭހެން އެކުލަވަލާފައިވާ ކޮމިޓީއެކެވެ. ނިޝާމާ ވިދާޅުވީ އެ ކޮމިޓީއަށް ކުންފުނީގެ ހުރިހާ ޑީޓެއިލް އަކާއި، ކުންފުނީގެެ ބޭންކް ސްޓޭޓަސް އާއި ވެންޓިލޭޓަރުތަކާއި ސްޕެސިފިކޭޝަންތައް ފޮނުވުނު ކަމަށެވެ.

ނިޝާމާ ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމަށް ކުންފުންޏާއި ހަވާލު ކުރުމުގައި މާލިއްޔަތުގެ ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ތިން ކުންފުންޏާއި ވެސް އެއްބަސްވުން ގާއިމްކޮށްފައިވަނީ ގަވައިދާއި އެއްގޮތަށް ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ހުއްދައަށް ކަމަށެވެ. ބިޑް ކޮމިޓީ އަށް ހުށަހެޅީ ދުބާއީ ކުންފުނި ހޮވައި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ނަމަވެސް، އެގްޒެކިއުޓާސް އާއި މުއާމަލާތް ކުރުމުގައި އެ ހާލަތުގެ ގޮތުން ބިޑް ކޮމިޓީގެ ދައުރެއް ނޯންނާނެކަމަށް ނިޝާމާ ވިދާޅުވިއެވެ.

“ބިޑް ކޮމިޓީގެ މެމްބަރުން އަމިއްލަ މަންފާއެއް ހޯދަން އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ. މަސައްކަތް ކުރީ  ހެޔޮ ނިޔަތުގައި،” ނިޝާމާ

ދުބާއީ ކުންފުންޏަކީ، އެއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ ލަފައެއްކަމަށް ބުނާ ވާހަކައަށް މެމްބަރުން ސުވާލު ކުރުމުން ނިޝާމާ ވިދާޅުވީ ކޮމިޓީ ކުރިޔަށް ދިޔައިރު ޑަބްލިއުއެޗްއޯ އޮފީހުގެ މުވައްޒަފަކަށް ގުޅާ މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ. ނިޝާމާ ވެސް ވިދާޅުވެފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏަކީ ޑަބްލިއުއެޗްއޯއަށް މެޓީރިއަލްސް ސަޕްލައި ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ކުންފުނި ރެކަމެންޑްކޮށް، ހެލްތް މިނިސްޓްރީއަށް އެގްޒެކިއުޓާސްގެ ނަން ހިއްސާ ކުރި ފަރާތަކީ ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އަރްވިންދު މާތުރު ކަމަށް މައުލޫމާތު ސާފު ކުރަން ގުޅި މުއްޒަފު ބުނި ކަމަށެވެ.

ނިޝާމާ ވިދާޅުވީ އަރުވިންދު ކުންުންނާއި ބެހޭ މައުލޫމާތުތައް ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ހިއްސާ ކުރީ ރަސްމީ ހައިސިއްޔަތަކުން ނޫން ކަމަށެވެ. ނަމަވެސް ކޮމިޓީގައި އަމީން ވިދާޅުވަމުން ގެންދެވީ ކަންޓްރީ އޮފީހުން އަންނަ ސިޓީއެއް ބަލައި ގަންނަނީ ރަސްމީ ސިޓީއެއްގެ ގޮތުގައި ކަމަށެވެ.

ކުންފުނީގެ ސައްހަކަމާއި މެދު ސުވާލު އުފެދޭއިރު ނިޝާމާ ވިދާޅުވީ، އެ ކުންފުނި ބިޑު ކޮމިޓީން ނެގީ ޑަބްލިއުއެޗްއޯ އަށް މެޑިކަލް އިކުއިޕްމެންޓްސް ފޯރުކޮށްދޭ ކުންފުންޏެއްގެ ޔަގީންކަން ލިބުމުންނެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާގެ މެދުވެރިކޮށް ނޫންކަން އޮޑިޓުން ވަނީ ހާމަވެފައެވެ. މީގެ ކުރިން އަމީނާއި، ހެލްތް މިނިސްޓްރީން ވެސް ބުނަމުން ދިޔައީ މިއީ ޑަބްލިއުއެޗްއޯގެ ލަފައާއި އެއްގޮތަށް ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށެވެ. މި މައްސަލައިގައި އޮޑިޓުން ހާމަވީ ކަންތަކަށް އަމީން ވިދާޅުވީ ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑާއި އެކު، އެކަން ވީ އެންމެ ބޮޑު ދަތި އެއްކަމަކަށް ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބާއި މަޝްވަރާ ކުރި ކަމަށާއި، އެ މަޝްވަރާތަކަށްފަހު އެފަދަ ކުންފުނިތަކުގެ ލިސްޓެއް ލިބުނު ކަމަށެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: