ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީއާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރަން ފެށުމުން ސަރުކާރު އިތުރަށް ބަލިކަށިވާނެ: އާދަމް ޝަރީފް

ޑީއާރުޕީއާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ޕީޕީއެމް އަދި ޕީއެންސީ އެކުގައި މަސައްކަތް ކުރުން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އިތުރަށް ބަލިކަށި ވެގެންދާނެ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޗަރީފް އުމަރު ވިދާޅުވެއްޖެއެވެ.

“ސަންގުޓީވީ” ހަބަރަށް ފަހު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް އުމަރު ވިދާޅުވީ ޑީއާރުޕީއާއި ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ ފްރޭމް ވޯކެއް އެކުލަވައި ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފެރޭމްވޯކް ނިމި ތިން ޕާޓީ އެކުގައި މަސައްކަތް ކުރަން ފެށުމުން އިދިކޮޅުން ސަރުކާރު ޖަވާބްދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތް ތިޔް ގިޔަރު ކުރިއަށް ޖެހުގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ ސިޔާސީ ގޮތުން ވަރަށް ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި އަދި ޖަބިރުގެ އަތްޕުޅުގައި ސިޔާސީ ގޮތުން ބޭނުން ކުރެވޭނެ އެތައް ޓައިމް ބޮމެއް ހުންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޑީއާރުޕީން ޕީޕީއެމްއާއި ޕީއެންސީއާ ގުޅިގެން މަސައްކަތް ކުރަން ނިންމުމަކީ އިދިކޮޅުން ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި ޑީއާރުޕީއާއި ޕީޕީއެމް އެކުގައި ކުރާ މަސައްކަތުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އަބްދުﷲ ޖާބިރު އިސްވެ ހިންގަވާ ޑީއާރްޕީއިން ޕްރޮގްރެސިވް ކޯލިޝަނާއެކު މަޝްވަރާކުރަން ފަށާފައިވާއިރު، ޖާބިރު އަންނަނީ އެކިއެކި ޕޯޑިއަމްތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: