ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 194 ގައި، 167 ދިވެހިން!

ކޮވިޑަށް ޓެސްޓުކުރުމުގެ ގޮތުން މާލޭގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިޔަށް ގެންދޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގައި ކޮވިޑު ފެތުރޭ މިންވަރު އިތުރުވެ، މިއަދު އެކަނިވެސް ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 194 އަށް އަރާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފިއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 167 ދިވެހިން ހިމެނެއެވެ.

މާލެ ތެރޭގައި ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި އެކު ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުތައް 6،564 އަށް އަރައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން ދާ 2،527 މީހެއް އެބަތިއްބެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 166 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ. އަދި މިކަމުގެ ކަންބޮޑުވުންތައް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް، ޕޮޒިޓިވްވާ ގިނަ މީހުންގެ މޫވްމެންޓުތައް ގިނަވުމާއި، އާއްމުން ގިނައިން އެއްވާ ތަންތަނަށް ދިއުން އަދި ޕާޓީތައް ބޭއްވުމާއި މަސް ދަތުރު ދިއުން ފާހަގަކުރެވެއެވެ.

މީގެއިތުރުން ދާދިފަހުން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، މާލޭގައި އަންލިކްޑް ކޭސްތައް ގިނަވެފައިވާކަން ފާހަގަކޮށްފައެވެ، މީގެ އިތުރުން މާލޭގައި ވަރަށް ބޮޑަށް ކޮމިއުނިޓީ ސްޕްރެޑް އެބައޮތް ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: