ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި ގުޅިގެން އިތުރު ފިޔަވަޅުތަކެއް: ރޭގަނޑު 8 އިން ފަތިހު 5 އަށް ވެހިކަލް ދުއްވުން މަނާ!

ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުމަށް ވަނީ މަޖުބޫރުކޮށްފައ އަދި ވަކި ގަޑިތަކެއްގައި ބޭރަށް ނުނިކުމެވޭނެ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެ ސިޓީގައި ކޮވިޑު ފެތުރުން އިތުރުވެފައިވާއިރު، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާ 23 އޯގަސްޓް ވާ އާދީއްތަ ދުވަހުގެރޭގެ 8:00 އިން ފެށިގެން ފަތިހު 05:00 އާއި ހަމައަށް ވެހިކަލްތައް ދުއްވުން މަނާކޮށްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮންމެހެން ނިކުންނަން ޖެހިގެން ނޫންގޮތަކަށް ނުނިކުތުމަށް އިލްތިމާސް ކުރައްވަމުން އަބްދުﷲ ޝަރީފް ވިދާޅުވީ، މަގުމަތީގައި އާއްމުކޮށް މީހުން އުޅޭއިރު މާސްކު ނާޅާ އުޅޭކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް މިއީ އެންމެންގެ ސަލާމަތަށް އެޅިފައިވާ ފިޔަވަޅުތަކެއްކަން ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ އާ ފިޔަވަޅުތަކާއި އެކު، ފިހާރަތަކާއި އަދި އެ ނޫންވެސް އާއްމު ހިދުމަތް ދޭ ތަންތާނގައި މަސައްކަތް ކުރާ މީހުން މަސައްކަތް ނިންމުމަށްފަހު ގެއަށް ދާން ޖެހެނީ ހިނގާފައި ކަމަށެވެ. އެހެންކަމުން ވެހިކަލް ދުއްވުން މަނާކޮށްފައިވާ ގަޑިތަަކަށް ސަމާލުކަންދީގެން ފިހާރަތަކާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގައި މަސައްކަތް ކުރާމީހުން ގަޑިއަށް ސަމާލުކަންދީގެން މަސައްކަތުގެ ކަންކަން ކުރުމަށް ސަމާލުކަންދެއްވުަމށް އެދިވަޑައިގެންނެވިއެވެ.

މާލޭގެ މަގުތައް ބެލެހެއްޓުމާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ ރޭގަނޑު 8 އިން ފެށިގެން ވެހިކަލް ދުއްވާ މީހުން ހުއްޓުވައި ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ކުށް ތަކުރާރު ކުރާ ނަމަ ވެހިކަލް ޓޯކުރާނެ ކަމަށާއި، އެ ވެހިކަލެއް ދޫކުރާނީ ކަނޑައެޅިފައިވާ ޖޫރިމަނާ ދެއްކުމުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއީ މީހުން އެއްވެ އުޅުން މަދު ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ފަހަކަށް އައިސް ބޮޑެތި އެއްވުންތަކާއި، ޕާޓީތައް ބާއްވަމުންދާކަން ފާހަގަ ކުރެވިފާވާކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: