ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުސޫމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

ޑރ މައުސޫމްއާއި މިނިސްޓަރ ކަމުގެ ފަތްކޮޅު ރައީސް ސާލިޙް ހަވާލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މައުސޫމަށް ރުހުން ދޭން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެކަމަކު ކޮމެޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރަން ޖެހެ އެވެ.

މައުސޫމް ޓޫރިޒަމް މިިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްގައި މަގާމުން ވަކި ކުރެއްވުމުންނެވެ. އެ މައްސަލަތައް ފުލުހުން ދަނީ ބަލަމުންނެވެ.

މައުސޫމް ކުރިން ހުންނެވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގެ މަގާމުގަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރު ކަން އޭނާ ކުރެއްވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: