ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ކޮވިޑު މެޑިކަލް ފެސިލިޓީ އެނދުތައް ފުލްވުމާއި ގާތަަށް!

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ/ ފޮޓޯ: އެޗްޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭއަށް އެހެން ގައުމުތަކާއި ހިލާފަށް ކޮވިޑު ބައްޔަށް ފަރުވާ ކުރުމުގެ ވަސީލަތްތައް ހޯދުމާއި، އަދި މެޑިކަލް ފެސިލިޓީތައް ގާއިމްކޮށް ބައްޔާއި ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ގިނަ ވަގުތުތަކެއް ލިބިގެން ދިޔައެވެ. އެހެން ނަމަވެސް ރަނގަަޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ވަނިކޮށް މާލެއިން ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށިއެވެ.

އެއަށްފަހު ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ ގާއިމް ކުރަމުންދިޔައިރު، ހޮސްޕިޓަލްތަކުގެ ފެންވަރާއި ގުޅޭގޮތުން ނޫސްވެރިޔާ ކުރާ ސުވާލަށް ދިން ޖަވާބުތަކަކީ ފްލޯޓިން ހޮސްޕިޓަލެއްގެ ވާހަކައެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ކޮވިޑު ޖެހޭ މީހުންނަށް ފަރުވާ ދޭން ފެސިލިޓީތަކެއް ވަނީ ގާއިމްކޮށްފައެވެ. އެހެން ނަމަވެސް، މީހާ ސީރިއަސް ވާ ހާލަތެއްގައި ފަރުވާ ދޭނެ ވަސީލަތްތަކެއް ނެތެވެ.

މާލޭގައި ދެވަނަ ފަހަރަށް ކޮވިޑުގެ ކޭސްތައް އިތުރުވެ، ވަރަށް ބޮޑު ކޮމިއުނިކޭޝަން ސްޕްރެޑެއް އެބައޮތެވެ. އެއާއި އެކީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފައެވެ. ކޮވިޑަށް ފަރުވާ ދޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކަށް މިހާރު ފަރުވާ ދެމުން އަންނަނީ މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކޮވިޑު ހޮސްޕިޓަލް ނުވަަތަ މެޑިކަލް ފެސިލިޓީތަކުގައެވެ.

މިއަދުގެ ވަގުތެއްގައި ޓްވީޓެއް ކުރައްވާ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލެ ސަރަހައްދުގެ ހޮސްޕިޓަލް އެނދުތަކުގެ 62 އިންސައްތަ ފުރިފައިވާ ކަމަށެވެ.

“މާލެ ސަރަހައްދުގެ ކޮވިޑު ހޮސްޕިޓަލްތަކުގެ62 އިންސައްތަ މިހާރު ވަނީ ފުރިފައި. އާއިލާއާއި، ރައްޓެހިން އަދި ތިމާ ލޯބިވާ މީހުންގެ ރައްކަލަކަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ” ޑރ. ނަޒްލާ

އިއްޔެ ބައްޔަށް ޕޮޒިޓިވް 96 މީހުންނާއި އެކު ރާއްޖޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދުތައް 6،660 އަށް އަރައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން ދާ 2،521 މީހެއް އެބަތިއްބެވެ. އެޗްޕީއޭއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން 169 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މާލެ ސިޓީގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ފަހަކަށް އައިސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓައަކާއި ގުޅުމެއް ނެތް އިންޓިޕެންޑެންޓް ކޭސްތަކެވެ. ނުވަތަ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގޭ ކޭސްތަކެވެ.

ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އިތުރުވުމާއި ގުޅިގެން، ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ. އޭގެ ތެރެއިން ރޭ އިއުލާނުކޮށްފައި ވަނީ މިރެއިން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހުގެ 05:00 ޖެހުމާއި ހަމައަށް އެއްވެސް ވެހިކަލްއެއް މަގުމަތީގައި ދުއްވުން މަނާ ކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: