ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ އިންތިހާބާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަހުލޫފް މަޖިލިސްއަށް

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް:ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.

މަހުލޫފް މަޖިލީހަށް ހާޒިރު ކުރަނީ ދެ ސުވާލެއް ކުރެއްވުމަށެވެ.

ފުރަތަމަ ސުވާލަކީ، މިދިޔަ މަހުގެ ދެވަނަ ދުވަހު ތާވަލުކުރި އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް މަހްފޫލު އެ އެސޯސިއޭޝަނަށް އެންގިއިރު އިންތިހާބު ބާއްވާފައިވަނީ މިނިސްޓްރީގެ އެންގުމާ ހިލާފަށްތޯއެވެ. އެންގުމާ ހިލާފު ނޫންނަމަ، އެއީ ކީއްވެގެންތޯއާއި އެންގުމާ ހިލާފުނަމަ އެ އިންތިހާބު ގަބޫލު ކުރައްވާނަންތޯ އެ ސުވާލުގައިވެއެވެ.

ދެވަނަ ސުވާލަކީ، ކުޅިވަރު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރަމުންދާ ކުޅިވަރު ގައިމީ ޖަމިއްޔާތަކާ އެއްވެސް ހައިސިއްޔަތަކުން ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވޭތޯއެވެ. ގާނޫނާ ހިލާފަށް ހަރަކާތްތެރިވާ އެއްވެސް ކުޅިވަރު ޖަމއިްޔާއަކަށް ދައުލަތެއް ބިންތަކާއި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދޭތޯ ވެސް ސާފުކުރަން އެ ސުވާލުގައިވެއެވެ.

މިނިސްޓަރު މަހްލޫފާ ސުވާލު ކުރުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: