ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 މެނޭޖް ނުކުރެވިދާނެ ކަމުގެ ބިރުވެރި އިންޒާރެއް

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 މެނޭޖް ނުކުރެވިދާނެ ކަމުގެ އިންޒާރު އެޗްއޯސީއަށް ލަފާ އަރުވާ ޑޮކްޓަރުންގެ ޓީމުން ދީފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފް ވިދާޅުވީ މި ރޭޓުގައި ކޮވިޑް ފެތުރޭ ނަމަ، ފަރުވާ ނުދީ ދޫކޮށްލަން ޖެހޭ މީހުން ކަނޑައަޅާ ހިސާބަށް ހިނގައިދާނެ ކަމަށެވެ.

ޓެގްއިން މި އިންޒާރުދީފައިވާއިރު ހާއްސަ ފިޔަވަޅުތަކެއް އަޅާ، ދުއްވާ އެއްޗެހި ދުއްވުން މަނާ ގިނަ ވަގުތުތަކެއް އެޗްޕީއޭއިންވަނީ ކަނޑައަޅާފައެވެ.

“ހެލްތު ސެކްޓަރުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައި. މިގޮތަށް ދާ ނަމަ، މެނޭޖް ކުރަން އުނދަގޫ ވާނެ. އެކި ގައުމުތަކުގައި ގިނަ ބަޔަކު މަރުވެފައި ވަނީ ފަރުވާ ނުދެވިގެން. މިހާ ހިސާބަށް އައިއިރު، ޓްރަޔޭޖް ކުރަން ނުޖެހޭ. އަޅުގަނޑުމެން ވެންޓިލޭޓަރަށްލާނީ ނޫނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ސެލެކްޓް ކުރަން ޖެހިދާނެ.” ޑރ.އަލީ ލަތީފް ވިދާޅުވިއެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ރާއްޖެ އިން އިތުރު 119 މީހަކުވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779 އަށް އަރާފައެވެ. މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުން އެބަތިއްބެވެ.

މީގެ އިތުރުން ވެންޓިލޭޓަރ ޒގައި ފަރުވާާދެމުންދާ މީހުންގެ އަދަދުވެސް ވަނީ އަށަކަށް އަރާފައެވެ. އަދި އައިސީޔޫގައި 11 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: