ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް

އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރޭނެކަން އެގައުމުން އިއުލާން ކޮށްފިއެވެ.

އިންޑިއާގެ ޔޫނިއަން މިނިސްޓަ އޮފް ހެލްތު އެންޑް ފެމެލީ ވެލްފެއާ ހަރްޝް ވަރްދަން ވިދާޅުވީ އިންޑިއާގައި ކޮވިޑަށް ވެކްސިނެއް ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާއި ހަތަރެއް ނޫނީ ފަސް މަސްތެރޭ އިންޑިއާގެ ކޮވިޑް ވެކްސިން ބޭނުންކުރަން ފެށޭނެ ކަމަށެވެ.

އިންޑިއާއިން އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމު އަންނަ ތިން ވެކްސިންގެ ތެރެއިން އެއް ވެކްސިންގެ ޓެސްޓުތަކުގެ ތިނަ ވަނަ މަރުހަލާ ފަށާފައިވާއިރު މިވެކްސިން ގެ ނަތީޖާ ރަނގަޅު ކަމަށް އެގައުމުގެ ކޮވިޑް ޓާސްކުފޯހުން ވަނީ ބުނެފައެވެ.

ޓެސްޓުތަކުގެ އެންމެ ފަހު މަރުހަލާގައި އޮތް ވެކްސިން އުފައްދާ ކުންފުނި ބާރާތު ބަޔޯ ޓެކް އިން ވަނީ އެކުންފުނީގެ ވެކްސިން ބާޒާރަށް ނެރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: