ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ޔާމީން ޖަލަށްލާ އަސާސީ ޙައްގަށް އާދޭސްކުރަން ޖެހޭއިރު، އަމީރުން ދަނީ ޔާމީންގެ ތަރައްޤީގެ ތަހުތުގައި ވެޑުވެމުން”

ރައީސް ޔާމީން އަދި ޑރ.ޖަމީލު / ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި ހައްޔަރުކުރުމަށްފަހު އަސާސީ ޙައްގުތަކުން މަހުރޫމްކުރުމަށްފަހު އަމީރުންނާއި އަމީރާއިން ދަނީ ރައީސް ޔާމީންގެ ތަރައްޤީގެ ތަހުތުގައި ވެޑުވެމުންކަމަށް އެމަނިކުފާނުގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީންގެ ނައިބު ރައީސެއްގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރެއްވި އަދި އޭގެ ފަހުން މަޖިލީހުން ވަކިކުރެއްވި ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯޓުން އަމުރެއްކޮށްގެ ރައީސް ޔާމީނާއި ބައްދަލުކުރަން ޖެހިދާނެފަދަ ދުވަހެއް އަންނާނެ ކަމަކަށް އުންމީދު ނުކުރައްވާކަމަށެވެ. އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވާ އޯގާތެރި ސަރުކާރާއި، ހޯމް މިނިސްޓަރ ޝެއިޙް އިމްރާން ޢަބްދުﷲ ޢަމަލު ކުރައްވާ ގޮތް އެއްވެސް ވަރަކަށް ދިމާނުވާކަމަށްވެސް ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

“ރައީސް ޔާމީންއާއި ވަކީލުން ބައްދަލު މިވީ ކޯޓުގެ އަމުރުން. އެމްޑީޕީން ކަށަވަރުކުރި، ރައީސް ޞާލިހު އެ ވިދާޅުވާ ތާހިރު އަދުލުގެ ނިޒާމު. މިއަދު ހޯމް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ވާހަކަތަކާއި ދެކޮޅު”

ޖަމީލުގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޖަލުގައި ބަންދުކޮށް އަސާސީ ޙައްގަށް އާދޭސްކުރަން ޖެހޭއިރު، އަމީރުންނާއި އަމީރާއިން ދަނީ އެ މަނިކުފާނުގެ ތަރައްޤީގެ ތަހުތުގައި ވެޑުވެމުންކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ފޮޓޯއަކާއި އެކު ޖަމީލު މިގޮތަށް ޓްވީޓު ކުރެއްވީ، ކުރީގެ ރަސްކަލެއްގެ ދަރިކަލެއްކަމަށްވާ މުޙައްމަދު ނޫރައްދީނާއި، އަނބިކަނބަލުން ދަރުމަވަންތަ ހޮސްޕިޓަލުގެ 18ވަނަ ފަންގިފިލާ އެއްކޮށް ނަގައިގެން ފަރުވާ ކުރަމުންދާތީކަމަށް ބެލެވެއެވެ. ނޫރައްދީނަށް ފަރުވާ ދޭން ޖެހޭކަމަށާއި އެއީ އަމީރެއްކަމަށް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވަކީލް ޢަބްދުﷲ ޝިޔާޒަށް އެޑްރެސްކޮށް ކަރެކްޝަނަލް ސާވިސްއިން ފޮނުވި ސިޓީވެސް ޖަމީލު ވަނީ ޓްވީޓް ކުރައްވާފައެވެ. އޭގައި ވާގޮތުން އެ ބައްދަލުވުން ހަމަޖައްސާފައިވަނީ ކްރިމިނަލް ކޯޓުގެ ސިޓީއެއްގެ ދަށުންކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: