ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު އާއި ހިލާފުވި 3،249 މީހަކަށް ފިޔަވަޅު އަޅައިފި

ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކާފިއު އާި ހިލާފުވެ، އެ ވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފިއެވެ.

ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތާއި ގުޅިގެން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަގުމަތީގައި ކަންކަން ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ފާހަގަކުރެވިފައިވާ ކަންކަމާއި ތަފާސް ހިސާބުތަކާ ގުޅޭ މައުލޫމާތު ދެއްވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ބޭރުގައި އުޅުން މަނާ ގަޑިތަކުގައި ބޭރުގައި އުޅުނު 3،249 މީހުންނާމެދު ފިޔަވަޅު އަޅާފައިވާކަމަށާއި އޭގެ ތެރޭގައި ވަކި އުމުރު ފުރައެއްގެ މީހުންނަށް ފިޔަވަޅު އެޅުނު މިންވަރު ގިނަކަމަށެވެ.

އެގޮތުން 18 އަހަރުން ދަށުގެ 87 މީހުންނަށާއި، 18 އަަހަރާއި 40 އަހަރާ ދެެމެދުގެ 2869 މީހުންނަށް ފިޔަވަޅު އަޅާފައިވާއިރު، 41 އަހަރާއި 65 އަހަރާ ދެމެދު 291 މީހުންނަށް ފިޔަވަޅު އަޅާފައިވެއެވެ. އަދި 65 އަހަރުން މަތީގެ ދެމީހަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި އާންމުން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކާފިއު އާ ހިލާފުވާނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އަދި ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކާފިއު އާއި ޚިލާފުވުމާ ގުޅިގެން ފިޔަވަޅު އަޅުއްވައި ރިކޯރޑް ކުރެއްވުމަކީ ކޮވިޑް 19 ވައިރަސް ފެތުރުމަށް އެޅުނު އާފިޔަވަޅެއް ނޫން. ކޮވިޑް ނުވަތަ ކޮރޯނާއަށް ޕޮޒިވްވެ އެބަލިޖެހިގެން ގޭގައި ވަކި ބައެއްގެ ޢާއިލާތައް ބޭތިއްބުމަށް ހޯމްކަރަންޓީން ކުރުމަކީ މިބަލިފެތުރުމަށް ކަމާއިބެހޭ ފަރާތުން އެޅުއްވީ އާފިޔަވަޅެއް. އެބޭބޭފުޅުްން ގޭގައި ތިއްބަވާކަމެއް ނުތިއްބަވާ ކަމެއް އެނގިވަޑައެއް ނުގަންނަވާ. މޮނިޓަރިން ޙާލަތަަށް ގެއެއް ނުވަތަ ގޭބިޒީއެއް އަންނަވާހަކައެއް އިވެނީ. ކޮބައިތޯ މޮނިޓަރިން އަކީ. ޢާއްމުންގެ ތެރޭ އެބޭކަލުން އުޅުއްވަނީ. މިއީ އެޅުނު އާފިޔަވަޅެއް. އަދި ބޭރުމީހުންގެ އެކޮމޮޑޭޝަނުގައި އެއްކޮޓަރީއެއްގައި ދިރިއުޅެމުން އަންނަ ހައެއްކަ މީހުންގެ ތެރެއިން އެކަކަށް ބަލިޖެހި ކަށަވަރުވެ އެމީހާ ކަރަންޓިން ފެސިލިޓީއަށް ގެންދާއިރު ދެންތިބި ފަސް މީހަކު އެތާގައި މަސައްކަތަށް ދެވޭ. އެހެންވީމަ ކަރަންޓިން ފެސިލިޓީ އަށް ނުކަޓާވަރުވެގެން ނިއުނޯމަލްގައި ކޮރޯނާއަށް ޕޮޒިޓިމްމީހުން ބޭތިއްބީ އެމީހާ ދިރިއުޅޭގޭގައި. މިކަން އޮޅިފައިނުވާނެ. ސައިކަލެއްގައި ދާމީހާ ޖުރިމާނާ ކުރިޔަކަށް ޢާއްމުން ދިރިއުޅޭގެ ނުވާތާ ގޭބިޒީ އައިޑެންޓިފައި ކުރެވޭ ގޮތެއް ބޭރަކުން ފެންނާކަށް ނުހުރޭ. އަދި އެމީހުން ނިކުމެ އުޅޭކަމަށް އެޗްޕީއޭ އެއްބަސްވޭ. ކޮންމެއަކަސް ބަލި ފެތުރުން އިތުރުވީ ވަކިބައެއްގެ މަސްލަޙަތަށް ވިސްނައި ނުބައި މިސްރާބަކަށް ކަރަންޓިން ފެސިލިޓީ ހުއްޓައި ބޭފުޅޫންގެ ކުދީން ޕާރޓީހަދައިގެން ބަލިވެގެން ޑޮކްޓަރަށް ދެއްކީމާ ކޮވިޑަށް ޕޮޒިޓިވްވުމުން ގެއަށް ކަރަންޓިން ފޮނުވާލުން. ވިއައިޕީ އެމްބިއުލެންސްގައި. މިހާވަރު ބުރަމަސައްކަތުގައި އުޅޭމީހުން ދަނޭ. އެހެންވީމާ ދެންފިޔަވަޅެއް ރަގަލަށް އަޅުއްވާނަމަ ގޭގައި ނުވަތަގޭބިސީގައި ކަރަންޓިން ކުރެއްވުން މިހާރުން މިހާރަށް ހުއްޓަވާލައްވާ އެބޭކަލުން ބަލީން ރަގަޅުވާންދެން ކަރަންޓިން ފެސިލިޓީއަށް ގެންދަވާ. ވަރަށް ސަލާމް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: