ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުބާއީ ކުންފުނީގެ މައްސަލައިގައި މިނިސްޓްރީގެ ބަސް: “ކުންފުނިން އެބަ ވާހަކަ ދައްކާ، ވެންޓިލޭޓަރުތައް ލިބޭނެ!”

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ކޮވިޑް އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޮޑެތި މައްސަލަތަކެއް އުފެދިފައިވާ، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި އެކު މަޝްވަރާތައް ކުރިޔަށް ދާ ކަމަށާއި، ވެންޓިލޭޓަރުތައް ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގާނޫނާއި ހިލާފަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި ހެލްތް މިނިސްޓްރީއިން ވެންޓިލޭޓަރުތަކަށް 30.9 މިލިއަން ރުފިޔާ ދައްކާފައެވެ. މޭއި މަހުގެ ތެރޭގައި ލިބޭނެކަމަށް ބުނި ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނީގެ ސައްހަ ކަމާއި މެދު ވެސް ސުވާލު އުފެދޭއިރު ވެންޓިލޭޓަރުތަކުގައި 75 އިންސައްތަ ފައިސާ ދައްކާފައިވާނެކަން މީގެ ކުރިން ކޮވިޑާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވެސް ވަނީ ބުނެފައެވެ.

އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ރިޕޯޓު ދައްކާގޮތުން، އެގްޒެކިއުޓާސް އާއި އެކު ހެލްތް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގެނަން ބުނި 75 ވެންޓިލޭޓަރެއްގެ ތެރެއިން 65 ވެންޓިލޭޓަރެއް އެއީ އައިސީޔޫ ވެންޓިލޭޓަރުތައް ކަމަށެވެ. އަދި އެ އައިސީޔޫ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް އެގްޒެކިއުޓާސް ކުންފުންޏާއި އެކު އެއްބަސްވެފައިވަނީ ވެންޓިލޭޓަރަކަށް -/150,501 ރުފިޔާއަށެވެ،

އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނުހޯދައި، ޕްރޮޖެޓްގެ ޖުމްލަ އަގުގެ ބޮޑު އަދަދެއް އެޑްވާންސްގެ ގޮތުގައި ދީފައިވުމުގެ ސަބަބުން، އެގްޒެކިއުޓާސްގެ ފަރާތުން މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ، އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ހޯދުމަކީ ދަތިކަމަކަށް ވާނެކަމަށް އޮޑިޓުގައި ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން މާލީގޮތުން ބޮޑު ގެއްލުމަކަށް ދައުލަތް ހުށަހެޅިފައި އޮތްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ވަނީ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، މިނިސްޓްރީގެ ބިޑު ކޮމިޓީ އަދި ތަނުގެ އިސްވެރިންނާއި މިއަދު ބައްދަލު ކުރައްވާފައެވެ. އޭގެ ކުރިން ކޮމިޓީން އޮޑިޓާރ ޖެނެރަލް ހަސަން ޒިޔަތު އާއި ވެސް ބައްދަލުކޮށް މައުލޫމާތުތައް ހޯދާފައިވެއެވެ.

ދުބާއީ ކުންފުންޏާއި ހަވާލު ކުރި ވެންޓިލޭޓަރުތައް ލިބޭނެ ތޯ އާއި، ވެންޓިލޭޓަރުތައް ނުލިބޭނަމަ ފައިސާ އަނބުރާ ލިބިދާނެތޯ މެމްބަރަކު ސުވާލު ކުރުމުން ފުރުސަތަކަށް އެދިވަޑައިގެން ތަސްލީމާ ވިދާޅުވީ ކުންފުނިން ވާހަކަތައް އަދިވެސް ކުރިޔަށް ގެންދާކަމަަށެވެ. އަދި ކުންފުނިން މިނިސްޓްރީ އާއި ވާހަކަތައް ކުރިޔަށް ގެންދާނަމަ، ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ތަސްލީމާ ވިދާޅުވިއެވެ.

“އެ މީހުން ހަމަ ކިމިއުނިކޭޓު އެބަ ކުރޭ ވެންޓިލޭޓަރ ތައް ދޭ ގޮތަށް. ދެން އަޅުގަނޑުމެން މިހާރު ރިޖެކްޓު ކުރި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުބާ ބްރޭންޑުގެ ފޮޓޯތަކާއި އޭގެ ކޮޕީ ވެސް އެބަހުރި މެއިލްކޮށްފަ. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ ވެންޓިލޭޓަރުތައް ލިބޭނެ ކަމަށް، އެވަރަށް ކޮމިއުނިކޭޓު ކުރާ ނަމަ. އެ މީހުން ކޮމިއުނިކޭޝަން ސްޓޮޕް ކުރަން ބޭނުންނަމަ އަޅުގަނޑު ގަބޫލު ކުރަނީ އެކަން ވެސް ކުރެވޭނެ އޭ.” ތަސްލީމާ

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަމީން މީގެ ކުރިން ތަފާތު އެކި ފަހަރުމަތީން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ، އެ ބައްދަލުވުންތަކުގައި ދުބާއީގެ ކުންފުނި މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރުތައް އެއީ ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރެކޮމަންޑޭޝަންއެއްކަމަށް ވިދާޅުވެފައިވެއެވެ. މިއަދުގެ ކޮމިޓީގައި ވެސް އަމީން ވިދާޅުވީ ކަންޓްރީ އޮފީހުން އީމެއިލްއެއް އައުމުން އޭގައި ރަސްމީ ސިފަ ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: