ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަކީ ދިވެހިންނަށް ކުރިމަތިވި އެއް ބަލާ މުސީބާތް: ނިހާން

ރައީސް ނަޝީދު އަދި ނިހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ ދިވެހިންނަށް ކުރިމަތިބީ ބަލާ މުސީބާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި މެދު ދެކެނީ ކިހިނެއްތޯ ބުނެ ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޮޓޯއަކަށް ކޮމެންޓްކުރައްވަމުން ނިހާން ވިދާޅުވީ، 20 ވަނަ ގަރުނުގެ ފަހު ދިހަ އަހަރާއި 21 ވަނަ ގަރުނުގެ ފުރަތަމަ ވިހި އަހަރުގައި ދިވެހިންނަށް ކުރިމަތިވި އެއް ބަލާ މުސީބާތްކަމަށެވެ.

ނިހާން ކުރައްވާފައިވާ ކޮމެންޓް

ނިހާން ފާހަގަވެގެން ގޮސްފައިވަނީ އަބަދުވެސް ރައީސް ނަޝީދަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން، ސިޔާސީ ހަޔާތް ރައީސް މައުމޫނާއެކު ޑީއާރުޕީގައި ފައްޓަވައި، އޭގެ ފަހުން ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރެއްވި އިރުވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރައްވަމުން ގޮސް، ޕީއެންސީގެ ނައިބު ރައީސްގެ މަގާމު އަދާ ކުރައްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކޮށް ނިހާން ވަނީ ފެއިލްވެފައެވެ. އަދި އޭގެ ފަހުން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ވަރަށް ގަދަ
66%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 1%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

8 Responses

  1. ތިޔަ ބުނީ ހެޔޮކޮށް. މިރާއްޖެ އަށް ޖެހުނު ބަލާ އަކަށް ނޫނީ ކެނެރީގޭ ނަޝީދު ނުވެއެވެ.

  2. ބަލާމުސީބާތެއް ގައޮމަކައް ކުރިމަތި ވާނީ ދެން މިހާކަންހާވަރައް ޔާﷲ މި އެމްޑީޕީއާ އަންނިގެ މުސީބާތުން މި ދިވެހިގައޮމު ސަލާމަތް ކުރައްވާށި އާމީން

  3. ނިހާނު އެހުރީ އެމް.އެމް.ޕީ އާރުސީ ގެ ލާރިގަނޑު ބޭނުން ކޮށްގެން ޔަޢުނީ ދިވެހި ރައްޔިތުންގެ ލާރިން ވައްކަން ކޮށްގެން އެ ފައިސާއިން ހުޅުމާލެ އިން އެޕާރޓްމަންޓް ގަނެގެން. މީނާއަށް އެތައް މިލިއަން ރުފިޔާއެއް އަދީބު ދިން. މިކަހަލަ ވަގުން އަބަދުވެސް ބަލާނެ އެހެން މީހުނާއި ދިމާއަށް މިކަހަލަ ވާހަކަ ދައްކައިގެން މި މީހުން ކުރި ވައްކަންތަކުގެ ސަމާލުކަން އަނބުރާލަން. ދިވެހިރައްޔިތުންގެ ތެރޭގައި އަދިވެސް އެންމެ މަޤްބޫލް ސިޔާސީ ލީޑަރަކީ އަންނި. ދެން އެކަން ހަޖަމުނުވެގެން ބަޔަކު ތެޅިފޮޅުނަސް ކުރާނެ ކަމެއް ނެތް. ނިހާނުވެސް އެންމެ ފަހުގެ ޓެސްޓުން އޮތީ ފެއިލް ވެފަ.

  4. ނިހާނު ތިވިދާޅުވަނީ ޙައްގު ތެދުކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަމް ނަމަވެސް ދަންނަވާލަން އޮތީ ނިހާނު ހަމަ ހިތުގެ އަޑިންގަބޫލު ކުރަންތޯ މިހެން މިދަންނަވާލީ ތިވިދާޅުވާ ބަލާ މުސީބާތް ކަމަށްވާ ލާދީނީ ކެނެރީގެ ނަސީދު ނިސްބަތްވާ އެމްޑީޕީ އާއި އެކު ކޯލިސަން ހަދައިގެން ބަލާ މުސީބާތް ،ލާދީނިޔަތު ފަތުރަން ހިތްވަރު ދިނުމުގަ އިސްކޮށް މަސައްކަތް ކުރާ ބަޔަކާއި ތިގުޅުނީ ބަލަގަ އެބަލާ މުސީބާތައް ރުހިގަބޫލުވެގެން ނޫންތޯ

  5. ރަގަޅު ވާހަކައެއް ތިބުނީ. މިނަސީދަކީ މިގައުމައްދިމާވެފައޮތް ބަލާވެރިކަމެއް. މީނައަކީ މިގައުމު ދެކެ ލޯބިން އުޅޭ މީހެއް ނޫން. ހަމައިގަ ހުރެގެން ތާ ކަމެއްވާނީ ރަގަޅައް ފުރަތަމަމިނުންވެސް. ސަރވީސް ގަނޑިއިރު އެހުން ނަނީ ހަމައިން ނެއްޓިފަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: