ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު، އަލާމާތްތައް ފެންނަނީ ކުޑަކޮށް: އާއިލާ

ކުރީގެ ރައީސް އަދި ދަރިކަނބަލުން ޔުމްނާ މައުމޫން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޕްޒިޓިވް ވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އެމަނިކުފާންގެ އާއިލާއިން ބުނެފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި އެމަނިކުފާން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށާއި އަދި ރައީސް މައުމޫންގެ ހަށިކޮޅުން ކޮޥިޑުގެ އަލާމާތްތައް ފެންނަނީ ކުޑަކޮށް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ހަށިކޮޅުން ކޮވިޑުގެ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކޮށްފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްހައެވެ. އަދި ނަތީޖާ ލިބި އެމަނިކުފާން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކޮށްފައެވެ.

އުމުރުފުޅުން 82 އަހަރުގެ މައުމޫން ކޮވިޑަށް ޕޮޒިޓިވް ވިއިރު، އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގެ އެންމެ ހައި ރިސްކު ކެޓެގަރީގެ މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މާލެ ސަރަހައްދުގައި އަންނަނީ ވަރަށް ހަލުވި މިނެއްގައި ފެތުރެމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 135 މީހަކު ޕޮޒިޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: