ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔާނާ ޣައްސާނަށް: “ދޮށީ އުމުރުގަ ބައްޕާފުޅު ހައްޔަރުކޮށް ޖަލަށްލީ ޣައްސާނުމެން، އެދުވަހު ދިފާއުގައި ތިބީ ޚުދު އަޅުގަނޑުމެން”

ދިޔާނާ ސައީދު އަދި ޣައްސާނު މައުމޫނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަބިކަނބަލުން ދިޔާނާ ސައީދު، ރައީސް މައުމޫނުގެ ދަރިކަލުން ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާނު މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ރައީސް މައުމޫން ކޮވިޑަށް ފައްސިވި ޙަބަރު ލިބުމުން ޖާބިރު ޣައްސާނަށް ގުޅުއްވާ ދެއްކެވި ވާހަކަ، ޣައްސާނު ވަނި ރޭގެ ވަގުތެއްގައި ޓްވީޓްކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ޖާބިރަށް ވަނީ އަމާޒުވެފައެވެ.

ޓްވީޓަށް ކޮމެންޓް ކުރައްވާ ރީޓްވީޓް ކުރައްވަމުން ދިޔާނާ ވިދާޅުވީ، ގައްސާނުގެ ބައްޕަ ދޮށީ އުމުރުގައި ހައްޔަރުކޮށް ޖަލަށް ލާ ހެދީ ގައްސާނުމެން ކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލަން ނިކުތީ ދިޔާނާމެންކަމަށްވެސް ދިޔާނާގެ ޓްވީޓްގައި ވެއެވެ.

އިތުރަށް ދިޔާނާ ކޮށްފައިވާ ޓްވީޓްގައި ދިޔާނާ ވިދާޅުވީ، ޣައްސާނު އުޅުއްވަނީ ބައްޕާފުޅުގެ އާލާސްކަންފުޅުންވެސް ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށާއި، ތިޔައީ ވަކި ހުތުރުކަން ކުޑަ ޢަމަލެއް ނޫންކަމަށެވެ. އަދި ކުރިންވެސް ޣައްސާނު ހުންނެވީ ހަމަ ސިޔާސީ ފައިދާ ނެގުމަށްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ. ދިޔާނާ ވަނީ ޖާބިރު ވިދާޅުވެފައިވާ ބަސްތަކަކީވެސް ހާލަތާއި ނުގުޅޭ ބަސްތަކެއްކަމަށް ވިދާޅުވެފައެވެ.

އިތުރަށް ދިޔާނާ ވިދާޅުވީ، ޖާބިރު އެ ދައްކަވާ ވާހަކައާއި ގުޅިގެން ދިޔާނާއާއި ރައީސް މައުމޫނާއި ދެމެދު ދެކެވުނު ވާހަކަވެސް އެބަހުރިކަމަށާއި، އަދި އެކަމާއި ގުޅޭ ލިޔުންތަކާއި ހެކިންވެސް އެބަތިބި ކަމަށެވެ. ނަމަވެސް ޕްރައިވެޓްކޮށް ހިނގާފައިވާ ކަންކަން ޓްވިޓަރ އަށް ގެނައުމަކީ ހައްލެއް ނޫންކަމަށްވެސް ދިޔާނާގެ ޓްވީޓްގައިވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: