ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން ސްޕޭނުގައި ސިފައިން ނެރޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ގައުމުން ސިފައިން ނެރެން ހަމަޖެއްސީ އެ ގައުމުގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާއި ގުޅިގެންނެވެ.

ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ ކޭސްތައް މަދު ކުރުމަށް ސަރަހައްދީ ސަރުކާރުތަކަށް އެހީވުމަށް 2،000 ވަރަކަށް ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަންޗޭޒް އިއްޔެ ވިދާޅުވީ ސްޕޭނުގައި ރޯގާގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައި ކަމަށާއި އެކަމަކު މާޗް މަހު މެދުތެރޭގައި އޮތް ހާލަތަށް އަދި ނުދާ ކަމަށެވެ. ވައިރަހުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމުން ސްޕޭނުން ވަނީ މާޗް މަހު ލޮކްޑައުނަކަށް ގޮސްފަ އެވެ.

ސްޕޭނުން މިހާތަނަށް ވަނީ 423,224 މީހުން ޕޮޒިޓިވްވެ 28,924 މީހުން މަރުވެފަ އެވެ. އިއްޔެ އެކަނިވެސް ވަނީ 2،415 މީހުން ޕޮޒިޓިވްވެފަ އެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: