ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.މަޢުޞޫމު ހުވާގެ މައްޗަށް އިތުރު ހުވައެއް ކުރައްވަން ލަފައެއް ދެނީ!

ރައްޔިތުންގެ މަޖިލިސް ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން...
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ ޑރ.ޢަބްދުﷲ މަޢުޞޫމް މިނިސްޓަރުކަމުގެ ހުވާ އަލުން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލަފާއަރުއްވާގޮތަށް ރައްޔިތުން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކޮމިޓީން މި ގޮތަށް ނިންމެވީ ޑރ.ޢަބްދުﷲ މަޢުޞޫމް މިނިސްޓަރުކަމުގެ ހުވާ ކުރެއްވީ ޤާނޫނުއަސާސީއާއި ޚިލާފަށްކަމަށް ބުނެ މަޖިލީހުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.

މި ގޮތުން ޑރ.މަޢުޞޫމަށް ރުހުން ހޯއްދެވުމަށް
މަޖިލީހަށް ފޮނުއްވެވި މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުން ބައެއް މެންބަރުން ވަނީ ޑރ.މަޢުޞޫމަކީ އަމިއްލަ ކުންފުންޏެއް ހިންގެވުމުގައި ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

މި ކަމާއި ގުޅިގެން ބަހުސްކުރައްވަމުން ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވަނީ އެއްވެސް މިނިސްޓަރަކު އެއްވެސް ވިޔަފާރިއެއް ކުރެއްވުމުގައި ބައިވެރިވެވަޑައިނުގަތުމަށް ޤާނޫނުއަސާސީން އަންގައިދޭކަމަށް ވިދާޅުވެފައެވެ. އަދި މިކަން ސާފުކޮށްދެއްވުމަށް މަޖިލީހުގެ ރިޔާސަތުން އެންގެވުމުން ކޮމިޓީގެ މުޤައްރިރު މުޙައްމަދު ފަލާޙް ވިދާޅުވީ ކޮމިޓީން ރުހުންދިނުމުގެ ކުރިން ޑރ.މަޢުޞޫމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވާފައިކަމަށެވެ. ނަމަވެސް މިނިސްޓަރުކަމުގެ ހުވާ ކުރެއްވިއިރު ޑރ.މަޢުޞޫމަކީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ. މި ގޮތުން ރުހުންދިނުމުގެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުންގެމެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ބައެއް މެންބަރުން ވިދާޅުވިގޮތުގައި މާލީ ޤާނޫނުއަސާސީގައި މާލީ މަންފާއެއްގެ ވާހަކަ ބަޔާންކޮށްފައިވާތީ މަޤާމުގެ ހުވާ އަލުން ނުކުރެއްވެވި ނަމަވެސް މަޖިލީހުން ޑރ.މަޢުޞޫމަށް ރުހުން ދެވިދާނެކަމަށެވެ. އެއާއި ޚިލާފަށް ދެން ތިއްބެވި މެންބަރުން ވަނީ ޑރ.މަޢުޞޫމުގެ ހުވައާއި މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އެ މަނިކުފާނު އަލުން ހުވާކުރެއްވުމަކީ އެންމެ ރަނގަޅުގޮތްކަމަށް ފެނިވަޑައިގަންނަވާކަމަށެވެ. އަދި ހަމައެއާއެކު
ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ވަނީ ޑރ.މަޢުޞޫމު ވަޒީރުކަމުގެ ހުވާ އަލުން ކުރެއްވުމަށްފަހު އަނބުރާ އެ މައްސަލަ މަޖިލީހަށް ފޮނުއްވުމަށް ރައީސް ޞާލިޙަށް ކޮމިޓީން ރެކަމެންޑޭޝަނެއްގެ ގޮތުގައި ފޮނުވުމަށް ހުށަހަޅުއްވާފައެވެ. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދުގެ މި ހުށަހެޅުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދުދީދީ ތާއީދުކުރެއްވުމާއެކު ކޮމިޓީގެ އަޣުލަބިއްޔަތާއެކު ވަނީ ހުށަހެޅުން ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: