ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމްގައި މަޖިލީހުގެ 87 ދާއިރާއަށް ފުރުސަތު ލިބޭނެ: މިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއިއެކު ބޭއްވި ކޮމެޓީ ބައްދަލުވުން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމްގައި ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް ނިސްބަތްކޮށް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން  ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މާލީ އެހީ ދިނުމުގައި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރެއިން މީހުން ބިނާކުރުން އިތުރުކުރުމަށް މަސައްކަތްކުރަމުންގެންދާ ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މިއަހަރުގެ މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމްގައި ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް ނިސްބަތްކޮށް ވަކި ކެޓެގަރީއަށް އުފައްދާ ލޯންގެ ފުރުސަތުތައް މިއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ހުޅުވާލެވިފައިވަނީ ލާމަރުކަޒީ ނިޒާމް ތަރައްޤީކޮށް މުޅި ރާއްޖެއަށް ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގަކަން ފާހަގަ ކުރެއްވިއެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރޭގައި މީހުން ބިނާކުރުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރެއްވިއެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް އަތޮޅުތެރެއަށް ނިސްބަތްކޮށް ފުރުސަތުތައް ދެވުނު ނަމަވެސް ބޮންޑް ކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން ކިޔަވާ ނިމިގެން އައިސް ރަށްރަށުގައި ގިނަ ކުދިން ޚިދުމަތްކުރަމުން ނުދާތީވެ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް އުއްމީދުކުރައްވަނީ ދަރިވަރުން ކިޔަވާ ނިމިގެން އައިސް އަތޮޅުތެރޭގައި މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓްރެއިނިންގެ ނީޑްސް އެނޭލިސިސް އަށް ބެލުމަށްފަހު 514 ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމް މިއަހަރުވެސް އަދި ކޮވިޑްގެ ހާލަތުގައި ދިމާވެފައިވާ އިޤްތިސޯދީ ގޮތުން ދަތި ދަނޑިވަޅުގައިވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި ސްކީމް ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ މީހުން ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސްޓޫޑެންޓް ލޯނު ސްކީމްގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

އެގޮތުން، މެންބަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، ސްޓޫޑެންޓް ލޯނު ދޫކުރާއިރު އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ ދާއިރާތަކުން ކިޔެވޭނެ މަގުފަހި ކޮށްދިނުމާއި، ޤައުމަށް ބޭނުން ނުވާ ދާއިރާތަކުން ތަޢުލީމު ހާސިލްކުރުމަށް ސްޓޫޑެންޓް ލޯނު އުޞޫލު ފަހިވެފައި އޮވެގެން ނުވާނެ ކަމަށާއި، ކިޔަވާ ނިމިގެން ޤައުމަށް އެނބުރި އައިސް ޚިދުމަތްކުރާކަން ކަށަވަރު ވާނޭ ގޮތްތައް ހޯދާ އެގޮތްތަކަށް އަމަލުކުރެވޭނެ އުޞޫލުތައް އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

އެހެންކަމުން، މިނުކުތާތަކަށް އިތުރަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން،  އެންމެފަހުން ލޯނު ސްކީމް އިޢުލާނު ކުރިއިރު އިންތިޚާބީ ހުރިހާ ދާއިރާތަކަށް ވަކިވަކިން ފުރުޞަތު ކަނޑައެޅިކަން ފާހަގަކުރެއްވިއެވެ.

މިހާރުވެސް ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސްއެއް ހަދާފައި ވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ލޯނު ދޫކުރަމުންދަނީ އެ ލިސްޓްގައި ހިމެނޭ ދާއިރާތަކުން މަތީތަޢުލީމު ހާސިލްކުރުމަށް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެންމެ ފަހުން އިޢުލާނު ކުރި ލޯނު ސްކީމްގައި ވެސް މަދު ފުރުޞަތުކޮޅެއް އޯޕަން ކެޓަގަރީގައި އޮންނާނެ ކަމަށާއި، އޭގެ ބޭނުމަކީ މިހާރު އޮތް ޓްރެއިނިންގ ނީޑްސްގައި ހިމެނިފައިނެތް ދާއިރާއަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށްވެސް ކޮންމެވެސް ވަރެއްގެ ފުރުޞަތެއް އޮތުމަކީ ކުރިމަގުގައި ޤައުމަށް ލާބަކޮށްފާނެ ކަމެއްކަމަށްވާތީ އެކަމަށް މަގުފަހިކޮށްދިނުމާއި، ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ އޮވެދާނެ ކަންބޮޑުވުމަށް ތަސައްލީ ހޯދައިދިނުންކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން  އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަހިވާގޮތަށް ސްޓޫޑެންޓް ލޯނުގެ އުޞޫލަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ، މަޝްވަރާގެ އުޞޫލުން އެކަން ހަމަޖައްސަވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ކޮމިޓީގެ ވަކިވަކި މެންބަރުންގެ ޚިޔާލުފުޅެއް އޮތަސް އެ ޚިޔާލެއް މިނިސްޓަރާ ހިއްސާކުރުމަށް އެދިވަޑައިގެންނެވިއެވެ. ކޮމެޓީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާހަގަ ކުރެއްވޮ ގޮތަށް އިންތިޚާބީ ދާއިރާގެ ބަދަލުގައި އަތޮޅުތެރޭގެ ކޮންމެ ރަށަކުން ކުއްޖަކަށް ފުރުސަތު ލިބޭގޮތަށް މަތީ ތަޢުލީމާއި ތަމްރީނުގެ ލޯން ސްކީމްގެ އުސޫލަށް ބަދަލު ގެނައުމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ހަސަން ތާއީދު ކުރައްވިފުރުސަތހު

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: