ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ، ފައިސާ ހޯދުމުގެ މަސައްކަތްކުރާނަން: ފިނޭންސް

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން މަސައްކަތްކުރާ ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ވެންޓިލޭޓަރުތައް ގެނައުމަށް ދެއްކި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ވެންޓިލެޓަރުތައް ހޯދުމުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގައިވައިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޮރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމަށާއި އިޖްތިމާޢީ ރައްކާތެރިކަމާއި، އިގްތިޞާދީ ރިލީފަށް އެވަގުތަކު އަޅަންޖެހުނު ފިޔަވަޅެއް އަޅަންޖެހުނު މިންވަރަކަށް ދައުލަތުގެ މާލީ ހާލަތު ތަންދިން މިންވަރަކުން އަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް ހުއްދަދީފައިވާނީ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއަކީ ޑަބްލިއުއެޗްއޯ އިން ރެކަމެންޑްކޮށްފައިވާ ކުންފުންޏެއް ކަމަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި މިނިސްޓަރުގެ ހައިސިއްޔަތުން ހުއްދަ ދީފައިވާނީ މާލިއްޔަތު ގާނޫނުގެ ތެރެއިން ކަމަށާއި މާލިއްޔަތު ގާނޫނާއި ޚިލާފުވުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާނެ ސާމާނު ހޯދަންޖެހިފައިވަނީ އަވަހަށް ކުރުމަގަކުން ކަމަށާއި އަދި އެތަކެ ހޯދަން ޖެހޭ ކަމާމެދުއެއްވެސް ފަރާތެއްގެ ދެބަސްވުމެއް ނެތްކަން ޔަގީންވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަން ކުރުމުގައި އާންމު ޙާލަތުގައި ކަންކަން ކުރާ ގޮތަށް ކުރުމަކީ ވަގުތު ނަގާނެ ކަމެއްކަމަށް ފެންނާތީ ބައެއް ޕްރޮސްތަކަށް މާލިއްޔައްތުގެ ޤަވައިދު ތަންދޭ މިންވަރަކުން އަވަސް ކުރުމަށް ހުއްދަ ދީފައިވާނެ ކަމަށެވެ.

ދުބާއި ކުންފުންޏަކުން ވެންޓިލޭޓަރު ލިބިދާނެ ކަމާއި ވެންތިލޓަރުތައް ހޯދުމަށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ހުއްދަ ހޯދުމަށް ހެލްތް މިނިސްޓްރީން އެދުނީ 30 މާޗް 2020 ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ސިޓީގައި ޑުބާޢީގެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެއިދާރާގެ އިމެންޖެންސީ ޕްރިޕެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައި ކޮށްދިނުމަށް އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިޓަރު ވިދާޅުވީ ވެންޓިލޭޓަރުތަކާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިޓީއަކުން އެކަންކަން ބަލަމުން އަންނަ ކަމަށާއި އަދި އިދާރީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

މި ކޮންޓްރެކްޓަކީ އަދިވެސް ހިނގަމުންދާ ކަމަކަށްވެފައި އަދިވެސް ވެންޓިލޭޓަރުތައް ލިބޭނެކަމުގެ އުއްމީދު އޮތް ކަމަށް ހެލްތު މިނިސްޓްރީ ބުނި ނަމަވެސް، ނުލިބިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތަކާއި ކޯޓަށް ހުށަހަޅާނެ ކަންކަމާއި ގުޅޭގޮތުން ބަންޑާރަ ނައިބާ މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: