ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރައިވެސީއަށް އަދީބު ބޭނުންވަނީ ވަކީލުންގެ ސީދާ ބައްދަލުވުންތަކުގެ ފުރުސަތު!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ވެސް ވަކީލާއި ބައްދަލު ކުރުމުގެ ފުރުސަތު ދީފައިނުވާކަމަށް ކޯޓުގައި އެމަނިކުފާނު  ވިދާޅުވެއްޖެއެވެ.

ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާކަން ޕީޖީއިން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ޝަރީޢަތް ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމުގެ އަމުރުކޮށްފައިވަނީ އަދީބު ފިލާފާނެ ކަމުގެ ބިރު އޮތުމާއި އަދި މީގެ ކުރިން ބަންދުގައި ބެހެއްޓިއިރު ފިލަން މަސައްކަތްކޮށްފައި ވާތީއެވެ. އަދި މިއަދު ވަނީ ބަންދުގެ މުއްދަތަށް ފަހު މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން އަމުރު ކުރުމުން އަދީބް ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިވަގުތު ވެސް ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލު ކުރުމުން، ދައުލަތުން ވަނީ އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މައްސަލައިގެ އަޑުއެހުމުގައި އަދީބު ވިދާޅުވެފައިވަނީ ވަކީލުންނާ ސީދާ ބައްދަލުވެ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އަދީބު ވިދާޅުވީ ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމާއި ގުޅިގެން މާފުށީ ގަވައިދު ބަދަލުކޮށް ވަކީލުންގެ ބައްދަލުވުންތައް ދެނީ ފޯން ކޯލް ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށެވެ. އަދީބު ވިދާޅުވީ މައްސަލައިގެން ކުރިޔަށް ދިއުމުގައި ވަކީލެއްގެ އެހީތެރިކަން ލިބޭކަމުގައި ދެކިވަޑައިގަންނަވަނީ އެއްވެސް ހުރަހެއް ނެތި، ވަކީލާއި އެކު ސީދާ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ލިބޭކަމުގައި ވާނަމަ ކަމަށެވެ.

އަދީބު ވިދާޅުވީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަހުފޫޒު ސައީދު ކޯޓަށް ޙާޒިރުވީ ހަމައެކަނި ބަންދުގެ މަޖިލީހަށް އެކަނި ކަމަށެވެ. ފޯނު ކޯލަކުން ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ކުރިޔަށް ގެންދާނަމަ ބޭނުންވާ ޕްރައިވެސީއެއް ނުލިބޭނެ ކަމަށް އަދީބު ވިދާޅުވިއެވެ. އެއީ އެހެން މީހުންނަށް ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އަޑު އިވި، އެ މަންޒަރުތައް ވެސް ފެނުމަށް ހުޅުވާލެވޭ ފުރުސަތެއްގެ ގޮތުގައި އަދީބު ވިދާޅުވިއެވެ. އެހެން ކަމުން އަދީބު އެދިވޑައިގެންނެވީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އަދީބު އެދިވަޑައިގަތީ ކޯޓުން ވަކީލަކާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ.

އަދީބު ދެއްކެވި ވާހަކައިގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، އެއީ ރައްކާތެރިކަމަށް ބަލައި މިވަގުތު ކަރެލްޝަންގެ އުސޫލުތައް ހެދިފައިވާ ގޮތް ކަމަށެވެ. އެހެން ނަމަވެސް، މަނީ ލޯންޑްރިންގެ ކުށުގެ އިސްތިއުނާފު މައްސަލަ ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތުގައި ހައި ކޯޓުން އެގޮތަށް އެންގުމުން ވަކީލާއި ބައްދަލު ކުރެވޭނެ ފުރުސަތު ހަމަޖައްސަން އަންގާފައިވާކަން ދައުލަތުން ފާހަގަ ކުރިއެވެ.

ދައުލަތުގެ ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދީގެން ވަކީލުންނާއި ބައްދަލު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ.

މީގެ އިތުރުން އަދީބު ވަނީ ފުރުސަތަކަށް އެދިވަޑައިގެން ސިއްހީ ހާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިންމައްސަލައާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލެން ހުރި ދައުވާތަކުގެ ތަފްސީލު ހިއްސާ ކުރައްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، މިހާރުވެސް އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ 150 ދައުވާއެއް އެއީ ޕީޖީ އޮފީހާއި އެކު އަދީބު މީގެ ކުރިން ވެފައިވާ އެއްބަސްވުން ބާތިލް ކުރި ނަމަވެސް އުފުލެން ހުރި ދައުވާތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ދައުވާތައް ސާބިތުވެއްޖެނަމަ 800 އަހަރަށް ވުރެ ކުރުނޫން މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަސް އަންނާނެ ކަމަށް ޕީޖީ ޝަމީމް ފާހަގަ ކުރެއްވިއެވެ.

އަދީބު އެދިވަޑައިގެންނެވި 10 ދުވަހުގެ މުއްދަތު ދެއްވުމަށް ފަނޑިޔާރު ނިޔާޒުވަނީ މިއަދު ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: