ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ކުދިންނަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރު ނުފުރޭ ތިން ކުދީންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ ސަރަޙައްދުގެ ރަށެއްގައި ތިން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިމައްސަލަައިގައި ތުހުމަތުކޮށް ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ އެމީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަަށާއި އެމީހާ ހައްޔަރު ކުރީ އޭނާގެ އަންހެން ދަރިފުޅާއި އިތުރު ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަހެޅުމުން ކަމަށެވެ.
ފުލުހުން ވިދާޅުވިގޮތުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ އިތުރަށް ބަލަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: