ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިން ފުލުހުންގެ ލެބަށް ޕީސީއާރް މެޝިނެއް ހަދިޔާ ކޮށްފި

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރް ޓެސްޓު މެޝިނެއް ފުލުހުންގެ ލެބޯރަޓަރީ އަށް ހަދިޔާ ކޮށްފިއެވެ.

ޕީސީއާރް މެޝިން ފުލުހުންގެ ހެޑް އޮފް ފޮރެންސިކް ސާވީސްގެ ޑައިރެކްޓަރޭޓް އަބްދުﷲ އަހުމަދުއާ ރަސްމީކޮށް ހަވާލުކޮށް ދެއްވީ އެސްޓީއޯގެ މޭނެޖިން ޑިރެކްޓަރ ހުސައިން އަމްރުއެވެ. މި މެޝިންއާ އެކު ކޮވިޑަށް ޓެސްޓު  އިތުރުވެގެންދާނެ ކުރެވޭ ވަރު އިތުރުވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ މެޝިނަކީ ބަޔޯރަޑް ސީއެފްއެކްސް ނައިން ސިކްސް ބްރޭންޑުގެ ޕީސީއާރް މެޝިނެކެވެ.

ފުލުހުންގެ ލެބްގައި ދުވާލެއްގެ މައްޗަށް 140 އަށް ވުރެ ގިނަ ޓެސްޓު ހެދެއެވެ. މާލޭގެ އައިޖީއެމްއެޗް، އޭޑީކޭގެ އިތުރުން އަތޮޅު ތެރޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ވަނީ މިހާރު ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: