ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ތާޖުއްދީން ސްކޫލް ތައްޔާރު ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއެކު، ބަލި މީހުން ބައިތިއްބައިގެން ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާއެކު، ބަލި މީހުން ބައިތިއްބައިގެން ފަރުވާދޭ ފެސިލިޓީއެއްގެ ގޮތުގައި ތާޖުއްދީން ސްކޫލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

މީގެ ކުރިން ވަނީ ކޮވިޑާ ގުޅިގެން އެކި ސަބަބުތަކާ ހެދި ހާލުގައި ޖެހުނު ބައެއް މީހުންނާއި ވަގުތީ ގޮތުން އެކަހެރި ކުރަން ޖެހުނު ބައެއް ބިދޭސީން މާލޭގެ ބައެއް ސްކޫލުތަކުގައި ބައިތިއްބައިފަ އެވެ. ނަމަވެސް ކޮވިޑް ފަރުވާދޭ ތަނެއްގެ ގޮތުގައި މީގެ ކުރިން ސްކޫލެއް ބޭނުމެއް ނުކުރެ އެވެ.

ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ބަލި މީހުން އެޑްމިޓްކުރުމަށް ސްކޫލްތަކާއި އަމިއްލަ ހޮސްޕިޓަލްތައް ބޭނުންކުރަން ފަށަން ޖެހޭނެކަމުގެ ބިރު އެބައޮތްކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެޗްއީއޯސީ އަށް ލަފާއަރުވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ (ޓެގް) އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ 7000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން 2,670 މީހަކަށް މިހާރުވެސް ދަނީ ފަރުވާދެމުންނެވެ. މީގެ ތެރެއިން 173 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: