ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޢާހަދާއެއް އިސްލާމީ ނައްޞަކާ ހިލާފްނަމަ ސޮއި ކުރަން ޖެހޭނީ “ރިޒަރވޭޝަން” އާ އެއްކޮށް: ޑރ އަހުމަދު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ބައިނައްލަޣުވާމީ އެއްވެސް މުޢާހަދާއެއްގައި ސޮއި ކުރާއިރު އިޞްލާމީ ޝަރީޢަތާ ޚިލާފު ނައްޞެއް ވާނަމަ އެ މުއާހަދާއެއްގައި ރާއްޖެއިން ސޮއި ކުރަން ޖެހޭނީ“ރިޒަރވޭޝަން” އާ އެއްކޮށް: ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވީ  އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ގައި ދިވެހިރާއްޖެއިން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން އިލްމްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނަކާއި ގުޅިގެންނެވެ.

އޯ.ޕީ.އައި.ސީ.އީ.އެސް.ސީ. އަކީ ކަލްޗަރަލް މުޢާހަދާއެކެވެ. އެ މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައި ވަނީ ޖޫން މަހުގެ24 ވަނަ ދުވަހުއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމަށް ނިންމާފައި ވާތީ އެކަމާއި ގުޅިގެން ޑރ އަހުމަދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ  ދިވެހި ރާއްޖެ ބައިވެރިވާ އެއްވެސް މުޢާހަދާއެއްގައި އިޞްލާމީ ޝަރީޢަތާ ޚިލާފު ނައްޞެއް ވާނަމަ، އެ ނައްޞުގެ ދަށުން އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭނެ ކަމުގެ “ރިޒަރވޭޝަން” އާ އެއްކޮށް މެނުވީ އެ މުޢާހަދާއެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމް ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ.

ކަލްޗަރަލް މުޢާހަދާއާއި ގުޅޭ ގޮތުން ޑޜ އަހުމަދު ކަންބޮޑުވުން ފާލުކުރައްވާފައިވާއިރު ޢިލްމްވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

އެގޮތުން އިލްމްވެރިން ރައީސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ 24 ޖޫން 2020 ވަނަ ދުވަހުގެ ވަޒީރުންގެ މަޖްލީހުން ބައިވެރިވާން ނިންމާފައިވާ އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ގައި ސޮއިކުރުމަކީ އޭގެ ނުރައްކާތެރިކަން ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

ޑރ. އިޔާޒް އާއި އެފް.އެލް.އައި.އެސް ގެ ޑީން އައްޝައިޚް ޢަލީ ޒާހިރު އާއި ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޢަބްދު ﷲ މުޙައްމަދު އާއި މަޝްހޫރު ދީނީ ޗެނަލް އަލްކައުނު ހިންގަވާ އައްޝައިޚް އިބްރާހީމް ފަރީދު ސޮއިކުރައްވައި ފޮނުއްވާފައިވާ މި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުން، ސަރުކާރުން ބައިވެރިވާން ފާސްކޮށްފައިވާ ބައިނަލްއަޤްވާމީ ކަލްޗަރަލް ކަންކަމަށް މިރާއްޖެއިން ޙައްޤު ހޯދައިދޭ އެ މުޢާހަދާގައި ސޮއިކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލި އިރު، އެކަމުން ކުރާނެ މާލީ އަސަރުތަކާއި ޤާނޫނީ އަސަރުތަކާއި އިންސާނީ ޙައްޤުތަކަށް ކުރާނެ އަސަރުތަކާއި ތިމާވެއްޓާއި އަދި މަޢުލޫމާތު ދިނުމަށް ކުރާނެ އަސަރާއި މާލީ ޒިންމާއެއް އުފުލަން ޖެހޭނެތޯ ބައްލަވާފައިވާ އިރު، ޢާންމު ރައްޔިތުންގެ ޢަޤީދާއަށް ކުރާނެ އަސަރުތަކާއި ދީނީގޮތުން ކުރިމަތިވާނެ މައްސަލަތަކާމެދު ކަމާބެހޭ ފަރާތެއްގެ ލަފައެއް ހޯއްދަވާފައިވާކަން، ނުވަތަ އެކަމާމެދު އެއްވެސް މިންވަރަކަށް ކަމާބެހޭ ކޮމިޓީންވެސް ބައްލަވާފައިވާކަން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން އިސްލާމީ ޤައުމުތަކުން އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރ. ތަޞްދީޤު ކުރުމަށް އިންކާރު ކުރަމުންދާކަމާއި، އަދި ކޮންމެހެން އޭގައި ބައިވެރުވުމުގެ ބޭނުމެއް، ނުވަތަ އެއަށް ޢަމަލުކުރުމުގެ މަޖުބޫރުކަމެއް، އަދި ރައްޔިތުންގެ މަޞްލަޙަތެއް ވެސް އޭގައި ނެތް ކަމަށް ފާހަގަވާއިރު، އެފަދަ ޕްރޮޓޮކޯލަކަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މައްޗަށް ލާޒިމުކޮށްގަތުމަކީ ރަނގަޅު ކަމެއްކަމަކަށް ދެންނެވޭނެ އެއްވެސް ހަމައެއް ފެންނާކަށް ނެތް ކަމުގައިވެސް ޢިލްމުވެރިންގެ ގުޅުމުގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ އެ މުޢާހަދާގައި ސޮއިކޮށްފި ނަމަ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދެމި މިއޮތް އިސްލާމީ އުޞޫލުތަކަށާއި ދިވެހި ޤައުމުގައި އޮތް ރިވެތި ހަރުދަނާ އިސްލާމީ ޘަޤާފަތަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރުމަށް ބޭނުންކުރެވިދާނެ ނުރައްކާތެރި ހަތިޔާރަކަށް މި ޕްރޮޓޮކޯލް ހެދުމުގެ ފުރުސަތު އޮތްކަމަށް ޢިލްމުވެރިން ފާހަގަކުރައްވާފައިވެއެވެ.

އެއާއެކު، ބިދޭސީންގެ ޘަޤާފަތް އާލާކުރުމުގެ ނަމުގައި ޢަރަބި އިސްލާމީ ޤައުމުތަކުގައި ބޮޑެތި ބަގުވާންތައް ބަހައްޓައި ކުފުރާއި ޝިރުކުގެ ބުދު ފައްޅިތައް ބިނާކޮށް، އިސްލާމީ ބިންތަކުގައި ޝިރުކުގެ އަނދިރިކަން ފަތުރަން ފަށާފައިވާތަން ފެންނަން އޮތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޢިލްމުވެރިންގެ ގުޅުމުން ހަނދުމަކޮށްދީފައިވެއެވެ.

އެތާގައި ޢިލްމުވެރިންގެ ގުޅުމުން އެ އިޝާރާތް ކުރައްވަނީ، ދުބާއީ މިފަހުން އަޅަން ފެށި ހިންދޫ ބުދުކޯލުގެ ވާހަކައަށެވެ. ދުބާއީން ވަނީ އިންޑިއާގެ ހިންދޫން ރުއްސުމުގެ ގޮތުން އެތައް ހާސް އަކަފޫޓެއްގެ ބޮޑު ބުދު ފައްޅިއެއް އަޅައިދޭން ފަށާފައެވެ. އަދި ހިންދޫންގެ ބުދު ދީނުގެ ދުވަސްތައް ފާހަގަކޮށްދީ، އެބުދުތަކަށް ކުރުނީސް ކުރުމާއި، ބުދު ދީނުގެ އަޅުކަމުގެ އެކިއެކި ކަންކަމުގައި ވެސް ބައިވެރިވެ، ހިންދޫންގެ ކަލާނގެތަކަށް އަޅުކަން ކުރާކަމަށް ވެސް ދުބާއީގެ ޝާހީ އާއިލާގެ ބައެއް މީހުން ދަނީ ފާޅުކަންބޮޑު ގޮތެއްގައި ބުނަމުންނެވެ. ހަމައެއާއެކު އެކަންކަމަށް އިންކާރު ކުރާ ޢިލްމުވެރިންނާއި އާންމު ރައްޔިތުން ޖަލަށް ލައި، ބޮޑެތި އަދަބު ދީ، ޖޫރިމަނާ ކުރަމުން ދާކަމަށް ވެސް އެކި ފަރާތްތަކުން މައުލޫމަތު ލިބެއެވެ.

މީގެ އިތުރުން، އެހެން ދީންތަކުގެ ޘަޤާފަތަށް ޖާގަ ދިނުމަކީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ މުޅި ޙަޔާތްފުޅު އެކަމަކާ ދެކޮޅަށް ޤުރުބާން ކުރެއްވި ޝިރުކުގެ ނާމާންކަން އެންމެހާ އިސްލާމީ ބިންތަކުގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުން އަންނަ މީހުންނަށް މި ދިވެހިރާއްޖޭގައި ވެސް ފައްޅިތަކާއި ބުދުކޯލުތައް އެޅުމަށް ދެވޭ ދަޢުވަތެއް ކަމުގައި ވެގެން ދިއުމުގެ ބިރު އޮތްކަމަށް ވެސް ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

މިސިޓީ ނިންމާލަމުން ރައީސްގެ އަރިހުން ޢިލްމުވެރިންގެ ގުޅުމުން ވަނީ އެ މުޢާދަލާގައި ސޮއި ނުކުރެއްވުމަށް އެދި އާދޭހާއެކު އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: