ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވަހީދު މުޒާހަރާއަށް ނުކުތުމުން އެމްޑީޕީގެ މެންބަރުން ރަތަށް!

ކުރީގެ ރައީސް ޑރ.ވަހީދު /ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

“ގައުމު ވިއްކާލުމާއި ދެކޮޅަށް” ކަމަށްބުނެ ޕީޕީއެމް ޕީއެންސީން ބޭއްވި މުޒާހަރާގައ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަތުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ރަތަށް އަރައިފިއެވެ.

އަދި ރައީސް ވަޙިދަށް ދެމުން ގެންދާ އިނާޔަތްތައް ހުއްޓާލަން ޖެހޭކަމަށްވެސް ބައެއް މެންބަރުން ދަނީ ޓްވީޓްކުރައްވަމުންނެވެ.

ކުރީގެ ރައީސް ޑރ.ވަހީދު ހަސަނ ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ޖެހޭކަމަށް ވިދާޅުވި އެއް މެންބަރަކީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް (ސަމްޕަތު) އެވެ.

“ގައުމު ވިއްކާލުމާއި ދެކޮޅަށް” ކަމަށްބުނެ ޕީޕީއެމް ޕީއެންސީން ބޭއްވި މުޒާހަރާގައި ވަހީދު ވާހަކަފުޅުދައްކަވަން އިން ފޮޓޯއެއް ޓްވީޓް ކުރައްވާ ވިސާމު ވިދާޅުވީ، ސިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ރާއްޖެ ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ ގައިގޯޅިވެ އެއްވުން ބޭއްވުން ބަލައެއް ނުގަނެވޭނެކަމަށެވެ.އަދި ގައުމީ ޒިންމާ ނުއުފުލާ މިފަދަ ފަރާތްތަކުގެ އިނާޔަތް ކަނޑާލުމަށް ވިސާމު ގޮވާލެއްވިއެވެ.

މިއަދުގެ މުޒާހަރާގައި ބައިވެރިވެ ވަހީދު ވަނީ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ގައުމުގެ މިނިވަންކަމުގެ ދިފާއުފައި އަބަދުވެސް އެންމެން މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ރައީސް ވަހީދު މުޒާހަރާގައި ބައިވެރިވެގެން އުނގޫފާރު ދާއިރާގެ މެންބަރު ވަހީދުވެސް ވަނީ ނުރުހުން ފާޅުކޮށް ޓްވީޓެއް ކުރައްވާފައެވެ. މެންބަރު ވަހީދު ވިދާޅުވީ ބައެއް ގަޑިގަޑީގައި އެކަނިމީހަކު ސައިކަލު ދުއްވުންވެސް މަނާކުރެވިފައިވާ އިރެއްގައި، ވަކިބަޔަކު ނުކުމެ ސިޔާސީ ގައިގޯޅި އެއްވުންތައް ބޭއްވުމަކީ އެޗްޕީއޭގެ އިރުޝާދަށް ބޯލަނބައިގެންއުޅޭ މީހުންނަށް ބޮޑު ބޭއިންސާފެއްކަމަށެވެ. އަދި ކުރީގެ ރައީސުންގެ އިނާޔަތަކީ ޤައުމު ފަސާދަކުރަން ދެވޭ އެއްޗެއް ނޫން ކަމަށެވެ.

ތިނަދޫ ތަމްސީލުކުރައްވާ މެންބަރު ޢަބްދުﷲ ސަނީފު (ސަންނަ)ވެސް ވަނީ މިކަމާއި ދެކޮޅަށް ޓްވީޓު ކުރައްވާފައެވެ.

“ދައުލަތުގެ މާލިއްޔަތުން ހަރަދުކުރާ ކުރީގެ ރައީސްއެއް، މިކަހަލަ ބަލިމަޑުކަމެއްގެ ތެރޭގައި މީހުންއެއްވެއުޅުމައް ގޮވާލުމަކީ ލަދުވެތިކަމެއް” ސަނީފު

އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއުވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓް ކުރައްވާފައެވެ. ޝިފާއު ވިދާޅުވީ

ދައުލަތުން ފުރިހަމައަށް އިނާޔަތާ ރައްކާތެރިކަން ހޯދަމުން އެޗް ޕީ އޭ ގެ އުސޫލުތަކަށް ގޮއްޖަހައި ގަވާއިދުތައް މުގުރުމަށް މިގައުމުގެ ކުރީގެ ރައީސަކު ގޮވުމަކީ ލަދުވެތިކަމެއް ކަމަށާއި މި ކުޑަކުޑަ ގައުމަށް ކުޑަވެސް ލޯތްބެއް އެބޭފުޅާގެ ހިތުގައި ނެތްކަމުގެ ދަލީލެއް ކަމަށެވެ.

ރައީސް ވަހީދު މުޒާހަރާގައި ބައިވެރިވުމުގެ ސަބަބުން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްވެސް ވަނީ ނުރުހުން ފާޅުކޮސް ޓްވީޓްކުރައްވާފައެވެ.

ރޮޒޭނާ ވިދާޅުވީ ސަރުކާރުން ކޮވިޑް19 ކޮންޓްރޯލު ކުރުމަށް އެތައް މަސައްކަތެއް ކޮށް އެތައް ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެކަންކަމާއި ޚިލާފަށް ކުރީގެ ރައީސަކު ނިކުމެ އުޅުމަކީ ދެރަކަމެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މި ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓި އެތައް ފުރާނައެއް ގޮސްދާނެކަމަށާއި، އެކަމުގެ ޒިންމާ ނަގާނަންތޯ ރޮޒޭނާ ވަނީ ސުވާލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މިގޮތަށް ޓްވީޓުކުރައްވާފައިވާއިރު، ދައުލަތުން ރައީސް ވަހީދަށް ކޮންމެ މަހަކުވެސް ދޭން ޖެހޭ އިނާޔަތްތައް ދެމުންދާކަން ފާހަގަކޮށްލެވެއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: