ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ ރައީސް ޞާލިޙަށް: ބަފައިބެ އަޑީގައި ހުރެގެން ރާއްޖެއަށް ޓެރަރިސްޓުން ފޮނުވައިގެން 19 ދިވެހިން ޝަހީދުކޮށްލީ ހެޔޮއެދިގެންތޯ!

ރައީސް ޞާލިހު އަދި އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރައީސުލްޖުމްހޫރިއްޔާއަށް 06 ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ރައީސް ޞާލިޙަށް ޓެގްކުރައްވައި ޢަބްދުއްރަޙީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމަށް ހެޔޮއެދިވަޑައިގެން ކުރެއްވި ކަންތައްތަކެއްތޯ އައްސަވައި އެކި ދިމަދިމާއިން 05 ސުވާލު އަމާޒުކުރައްވާފައެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވީ ހުކުރުދުވަހުގެރޭ ހެންވޭރުކޮޅުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގިތަނަށް ވަޑައިގެން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ބަލި ފެތުރުމުގައި އެންމެ ބޮޑު މައްސަލަައަކަށް މިވަނީ އެންމެން އެއްތަނަކަށް ޖަމާވެ ގައިދުރުކަމެއްނެތި އުޅުންކަމަށެވެ. އަދި އެއާއި ޚިލާފަށް ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާ ފަރާތްތައް އުޅޭކަމަށާއި ނަމަވެސް މިއަދު ވެސް މާލޭގައި ބަޔަކު މުޒާހަރާކޮށްފައިވާ ކަމަށާއި ވަރަށް ގިނަ ފަރާތްތަކުން މާސްކު ވެސް ނާޅުއްވާ އުޅުއްވި މަންޒަރު ފެންނިގެން ހިނގައްޖެކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެއީ ވަރަށް ހިތާމަވެރި ކަމެއްކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާހިނގި ސަރަހައްދަށް ވަޑައިގެން ރައީސް ޞާލިޙް ވާހަކަދައްކަވަނީ. ފޮޓޯ: ސޯޝަލްމީޑިއާ

ރައީސްގެ މި ވާހަކަތަކާއި ގުޅިގެން ޢަބްދުއްރަޙީމް ވަނީ 08 ފެބްރުއަރީގައި މުޅި ޤައުމުގައި ހުޅުޖެހީ ޤައުމަށް ހެޔޮއެދިގެންތޯއާއި ފަތުރުވެރިން ނާންނަން މުޅި ދުނިޔޭތެރޭ ދުވީ ހެޔޮއެދިގެންތޯ ސުވާލުކުރައްވާފައެވެ. އަދި ދިވެހި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވީ ހެޔޮއެދިގެންތޯއާއި ބޭރުގެ ބާރުތަކުން ރާއްޖެ ހިފުމަށް ގޮވަމުން ދިޔައީ ހެޔޮއެދިގެންތޯ ވެސް ސުވާލުކުރެއްވިއެވެ.

ހަމައެއާއެކު ދަޢުލަތުގެ ޚަޒާނާ ދޮވެލަމުން ތިޔަ ގެންދަވަނީ ކީއްވެތޯއާއި 1988 ގެ ނޮވެމްބަރު 11 ގައި ރައީސް ޞާލިޙްގެ ބަފައިބެ އަޑީގައި ހުރެގެން ރާއްޖެއަށް ޓެރަރިސްޓުން ފޮނުވައިގެން ކުށެއްނެތް މައުސޫމް 19 ދިވެހިން ޝަހީދުކޮށްލީ ހަމަ ދިވެހި ޤައުމާއި ރައްޔިތުންނަށް ހެޔޮއެދިގެންތޯ ވެސް ޢަބްދުއްރަޙީމް ވަނީ ރައީސް ޞާލިހާއި ސުވާލުކުރައްވާފައެވެ.

ރައީސް ޞާލިޙަށް ޓެގްކުރައްވައި ޢަބްދުއްރަޙީމް ކުރެއްވި ޓްވީޓުގައި ސުވާލުތައް އަމާޒުކުރައްވައި ފާޑުވިދާޅުވެފައިވާއިރު އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހިންގެ ޤައުމުގެ ޙައްޤުގައި ތެދުވާނެކަމަށާއި ދީން ދިފާޢުކޮށް ޤައުމުގެ މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރާނެކަމަށް ވިދޅުވެފައެވެ. އަދި ޤައުމު އަޅުވެތިކުރާތަން ބަލަން ދިވެހިން ނުތިބޭނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 59%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: