ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިކަލް ބުރާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރުވާން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އިދިކޮޅުން ބޭއްވި ސައިކަލުން ބުރާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ފުލުހަށް ހާޒިރު ވާން އަންގައިފިއެވެ.

ޝުޖާއު އަށް ފުލުހުން ފޮނުވި ޗިޓްގައި އަންގާފައި ވަނީ މާދަމާ ރޭ 19:00 އަށް ފުލުހަށް ހާޒިރު ވާށެވެ.

ޗިޓްގައި ބުނެފައި ވަނީ ޝުޖާއު ފުލުހަށް ހާޒިރު ކުރަނީ އިއްޔެ ގިނަ އަދަދެއްގެ ބަޔަކާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާތަކެއްޗާއި ހިނގާމީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ހަޅޭއްލަވަމުން މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލު ދުއްވާފައިވާތީއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް އިއްޔެ ހަވީރު މާލޭގައި އިދިކޮޅުން ސައިކަލު ބުރެއް ބާއްވާފައި ވާތީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: