ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރޮންޓްލައިން އިން އެންމެ ގިނައިން ޕޮޒިޓިވް ވަނީ އެއާޕޯޓް މުވައްޒަފުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑަށް ޕޮޒިޓިވްވާ ފޮރޮންޓްލައިން މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ އެއާޕޯޓު މުވައްޒަފުން ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕިޑަމޮލިޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ،  އެންމެ ގިނަ މީހުން ޕޮޒިޓިވްވަނީ ފޮރޮންޓްލައިން މަސައްކަތްތެރިންނާއި ވަޒީފާ ނެތް މީހުން ކަމަށެވެ. އެގޮތުން ތަފާސް ހިސާބުތަކަށް ބަލާއިރު، ފޮރޮންޓްލައިން އަދި ވަޒީފާ ނެތް މީހުންގެ ތެރެއިން 600 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ، ފްރޮންްޓްލައިން މީހުންގެ ތެރެއިންވެސް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވަނީ އެއާޕޯޓު މުވައްޒަފުން ކަމަށާއި, ދެން އެ ބާވަވަތުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ސިއްހީ މަސައްކަތްތެރިންކަމަށެވެ.. ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ފުލުހުން އަދި އެއަށްފަހު ސިފައިންނެވެ.

މިހާތަނަށް ރާއްޖެއިން 7،500 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 4،925 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 28 އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،619 އެވެ. އޭގެ ތެރެއިން 184 މީހަކަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: