ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރުކުރަނީ ހަޖަމު ނުވެގެން: އިދިކޮޅު ކޯލިޝަން

ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުމަށް އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރުކުރަނީ ވެރިކަން ފެއިލްވެ، ހެދޭ ނެހެދޭ ނެނގޭ ހިސާބަށް ދިއުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކޯލިޝަންގެ އެޑަވައިޒަރ، ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި  ޕީ.އެން.ސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވަނީ އެއްވެސް ޙާލެއްގައި އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކޮށްގެން ކަމަށް ޤަބޫލެއް ނުކުރާ ކަމަށެވެ.

އެކޯލިޝަނުން ބުނެފައިވަނީ އެފަދަ ޢަމަލުތަކަކީ، ސަރުކާރު ފެއިލްވެ، ރައްޔިތުންގެ ނުރުހުން ސަރުކާރާމެދު އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިފާޅުވެ، ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ޙަޖަމު ނުވާތީ ކުރަމުން ގެންދާ ކަންކަމެއް ކަމަށެވެ.

“ސަރުކާރު ފެއިލްވެ ހަދާނެ ގޮތް ހުސްވުމުން، ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި ކުރީގެ ރައީސް ބައިވެރިވެވަޑައިގަތުމާއި، އަދި 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އިސްތިޢުފާ ދިނުމާއި ގުޅިގެން، މިއަދު ވެރިކަމުގައި ތިބި ބައެއްގެ ނުރުހުން އެންމެ ބޮޑަށް އޮތް ކުރީގެ ރައީސަށް އަމާޒުކޮށް، ސަޕޯޓަރުންގެ ރުހުން ސަރުކާރަށް އިތުރުކުރުމަށް ހިންގާ ސިޔާސީ ހަރަކާތެއް: އިދިކޮޅު ކޯލިޝަން

މީގެ އިތުރުން އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ވަނީ މިއަދުގެ ސަރުކާރަށް ކޯވިޑް މެނޭޖް ނުކުރެވި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން، ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލި، ސަރުކާރު ފެއިލްވުމާއި އެކު، ކޮންމެ ގޮތަކުންވެސް ވެރިކަން ދަމަހައްޓާ އެކްޓިވިސްޓުންގެ ރުހުން ހޯދުމަށްޓަކައި ހުދުމުޚުތާރުކަމާއެކު ގައުމު ހިންގަމުންދާ ކަމަށެވެ.

ސަރުކާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ބިރު ދެއްކުމުގެ ގޮތުން ފުލުހުން މެދުވެރިކޮށް މަސައްކަތް ކުރުމުން އެ ޙަރަކާތްތައް ހުއްޓުވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ބަޔާނުގައިވެއެވެ.

ރައީސް ޞާލިޙުގެ އަނިޔާވެރިކަމާއި، ދައުލަތުން ކުރަމުން ގެންދާ ވައްކަމާއި ކޮރަޕްޝަނާއި، ޤައުމު އެހެން ބައެއްގެ އަތްމައްޗަށް ފުރޮޅާލުމަށް ހިންގަމުން ގެންދާ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާނެކަމަށް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.

މީގެ އިތުރުން ވާދަވެރި ލީޑަރުން ޖަލަށްލިޔަސް، އާޖީލުގެ ލީޑަރުން ނުކުމެގެންވިޔަސް މިސަރުކާރު ޖަވާބުދާރީކުރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާ ނުލާނެ ކަމަށާއި ޚުދުމުޚުތާރުކަން އިސްކޮށްގެން ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލާ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓާލާ ގޮވާލާ ކަމަށް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: