ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއިން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން 40އިން މަތީގައި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރި އަކު ގދ. ތިނަދޫއިން ކޮވިޑް19 އަށް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓުވި 41 މީހަކު އެ ރަށުން އެކަހެރި ކޮށްފި އެވެ.

ތިނަދޫއިން އިއްޔެ ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ ބޯޓެއްކަމުގައިވާ “ދެރަހަ” ނަމަކަށް ކިޔާ ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރި އެކެވެ.

ޕޮޒިޓިވްވި މީހާ މާލެ އަށް އައިސް ބޯޓުން ފައިބައި މާލޭގައި އުޅުމަށް ފަހު ތިނަދު އަށް ދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ. އެޗްޕީއޭ އިން ކަނޑައަޅާވައިވާ އުސޫލުގެ ދަށުން އޭނާ ހޯމް ކަރަންޓީންގައި މަޑުކުރަން ޖެހުނަސް އެ މީހާ ކަރަންޓީނެއް ނުވެ އެވެ. އަދި އާންމުންގެ ތެރެއަށް ނުކުމެ މިސްކިތަށް ގޮސް ވެސް އުޅެފައިވެ އެވެ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށި ވެސް އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ. ދެ ރަށުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ބަލީގެ އެއްވެސް އަލާމާތެއް ނެތް ބައެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް ލުއި ދޭން ފެށުމުން މި ބަލި ފެތުރޭ ވަރު މިހާރު ވަނީ އިތުރުވެފަ އެވެ. ރާއްޖޭން މިހާތަނަށް 7،578 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 28 މީހަކު ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: