ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނާ ހިލާފުވާ މީހުން 5000 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީންވާން އަންގާފައިވާ މީހަކު، އެ އަމުރާއި ހިލާފުވެއްޖެ ނަމަ 5000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް އިސްލާހް ގެނެސްފިއެެވެ.

އެ އިސްލާހުގައި ބުނެފައި ވާ ގޮތުގައި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒުތައް ކަނޑައެޅުމުން، ނުވަތަ މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން، އެ ކަމަށް އިޙުތިރާމްކޮށް އާންމު ޞިއްޙަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން ކޮންމެ މީހަކުވެސް ދޭންޖެހޭނެކަމަށެވެ.

އަދި އެއްބާރުލުން ދިނުމެއް ނެތި، ވަކި މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކޮށްގެން ނުވަތަ އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅައިފި ނަމަ،  އެ ކުރަނީ ކުށެއް ކަމަށް އިސްލާހުކުރި ގަވާއިދުގައި ބުނެފައިވެއެވެ.

އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ، 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށްވެސް އެ ގަވައިދުގައި ވެއެވެ. އަަމުރާ ހިލާފުވާ ފުރަތަމަ ފަހަރު 2،500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ހިމަނާފައެވެ. ތިންވަނަ ފަހަރުން ފެށިގެން ދެން ޖޫރިމަނާ ކޮންމެ ފަހަރަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އިސްލާހު ކޮށްފައިވާ ގަވާއިދުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: