ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްބީއައި ހުންނަ އިމާރާތުގައި ރޯވި މައްސަލަ ބަލާ ކޮމެޓީ ސިއްރު

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްބީއައި ކައިރީގައި ހުރި ކެފޭއަކާއި އެސްބީއައި އިމާރާތުގައި އަލިފާން ރޯވި މައްސަލަ ހުށަހެޅި ރައްޔިތުންގެ މަޖިލޯޙުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ ސިއްރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން މި މައްސަލަ ބަލަން ނިންމާފައިވާއިރު، ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދިޔައީ ހޯމަ ދުވަހު ހެނދުނު 10:00 ގައެވެ.
ކޮމެޓީގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީީގެ މިބައްދަލުވުމުގައި ބޮޑުތަލުރުފާނު މަގުގައި ހިނގައިދިޔަ ހާދިސާއާމެދު މަޝްވަރާކުރުން އޮންނާނެއެވެ. އަދި މިހާދިސާއާ ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޮރިޓީއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވޭނެއެވެ.

ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ އެ ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ބީއެމްއެލް ޑޮލަރު އޭޓީއެމް އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ދެމެދަށް ވާ ގޮތަށް ހުންނަ މަޝްހޫރު ޓިއޯލޯ ކެފޭގައެވެ. މިއީ އާއްމު ގޮތެއްގައި ގިޔަ ބަޔަކު ގޮސް އުޅޭ ކެފޭއެކެވެ. އަދި ކެފޭ ކުރިމަތީ އޮންނަ ކުޑަ ހެންވޭރު ފުޓްސަލް ދަނޑަކީ މަރާމާތުތަކަށް ބަންދު ކުރުމުގެ ކުރިން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ޒުވާނުންތައް އެއްވާ ދަނޑެކެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގެ ފަސް ބުރިއެއްގައި އެސްބީއައި އޮފީސްތައް ހިނގަ އެވެ. އަދި ގްރައުންޑް ފްލޯ އާއި ފުރަތަމަ ބުރީގައި ހިނގަނީ އެ ބޭންކުން އާއްމުންނަށް ހިދުމަތް ދޭ ބައިތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: