ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާ ކުރާތީ ކޮވިޑް ޖެހިފައިވާ އުމުރުން ދުވަސްވީ މީހަކު ވިލިނގިއްޔަށް ނޭރުވުނު

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި އާންމުންތަކެއް މުޒާހަރާ ކުރާތީ ގދ. ތިނަދޫއިން ކޮވިޑް-19އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު ވިލިނގިއްޔަށް އަރުވަން ހުރަސް އެޅިއްޖެ އެވެ.

ހުވަދު އަތޮޅުގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގެންދަން ހަމަޖައްސާފައި ވަނީ ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ފެސިލިޓީއަށެވެ. އެހެންވެ ތިނަދޫއިން ޕޮޒިޓިވްވި މީހާ މިއަދު މެންދުރު 11:30 އެހާކަންހާއިރު ސީއެމްބިއުލާންސްގައި ވިލިނގިއްޔަށް ގެނަ އެވެ. ބަލި މީހާ ރަށަށް އަރުވަން ދެކޮޅު ހަދައި މުޒާހަރާ ކުރާތީ އޭނާ ރަށަށް ނޭރުވި ދެ ގަޑިއެއްހާއިރު ވަނީ ވެފަ އެވެ.

ތިނަދޫއިން ޕޮޒިޓިވްވި މީހާ އެ ރަށަށް އަރުވަން ދެކޮޅު ހަދައި އެ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަމުންދާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންވެސް މިއަދު ވަނީ ބުނެފަ އެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7667 އަށް އަރައިފައެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5036 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2597 މީހެކެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: