ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް މޫދަށް އެރޭނެ ރޭމްޕެއް ހަދަނީ!

ވިލިމާލޭގެ މޫދަށް އެރޭ ސަރަޙައްދު. ފޮޓޯ:ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ގާއިމް ކުރަން ނިންމާފައިވާ ޕިކްނިކް އޭރިއާގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް ރޭމްޕެއް ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލްގެ ފަރާތުން ހާމަކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ އަހުމަދު އައިފާންވަނީ ސަންގު ޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ސިޓީ ކައުންސިލުގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

އެގޮޮތުން މާލޭ ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށްޓަކައި ދާނެ ވަކި ސަރަހައްދެއް މާލެ އާއި ކައިރިން ނޯންނަކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ކައިރި ވިލިގިލީގައި ޕިކްނިކް ދެވޭނެ ސަރަހައްދެއް ގާއުމްކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައިކަމަށް އައިފާން ވިދާލުވިއެވެ. ޕިކްނިކް އޭރިއާ ގާއިމްކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމަ މިހާރުވެސް މޫދަށް އެރުމަށް ވިލިގިލީގައި ހާއްސަ ކުރެވިފައިވާ ސަރަހައްދުކަމަށް އައިފާން ވިދާޅުވިއެވެ.

މި ޕިކްނިކް އޭރިއާ ގާއިމްކުރެވިގެންދާނީ ހުރިހާ ފަރާތްތަކަށްވެސް އެކަށޭނެހެންކަމަށާއި އެގޮތުން އަންހެނުން އަދި ފިރިހެނުންނަަށްވެސް ހާއްސަކޮށް ފާހާނާ ބަރިއެއްވެސް އެ ސަރަހައްދުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާކަމަށާއި އަދި އޭގެ އިތުރުން މި ސަރަހައްދުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށް މޫދަށް އެރޭނެ ރޭމްޕެއް ގާއިމް ކުރެވިގެންދާނެކަމަށް ވެސް އައިފާން ވިދާޅުވިއެވެ. އަދި މި ރޭމްޕްގައި ފިޒިއޮތެރަޕީ ހެދޭނެ އިންތިޒާމްވެސް ފަރުމާ ކުރެވިގެންދާނެކަމަށް އައިފާން ފާހަގަކުރެއްވިއެވެ.

އެ ސަރަހައްދުގައި ޕޭ ރޫމްތަކެއްވެސް ގާއިމްކުރެވިގެންދާނެކަމަށާއި އެގޮތުން ޖުމްލަ 10 ރޫމް ގާއިމްކުރެވިގެންދާނެކަމަށް އައިފަން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މާލެ ޑިޖިޓަލްކުރުމުގެ މަޝްރޫއުގެ ދަށުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ކެމެެރާ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި، ކެމެރާ ހަރުކުރުމުގައި ފުރަތަމަ އެބޭފުޅުން އިސްކަންދެއްވީ މިސްކިތްތަކަށާއި ޕާކްތަކައްކަމަށް އައިފާން ވިދާޅުވިއެވެ. އެގޮތުން މިހާރު ވަނީ މާލޭގެ 39 މިސްކިތްތަކިތެއްގައި ވަނީ ކެމެރާ އިންސްޓޯލްކުރެވިފައިކަމަށް އައިފާން ވިދާޅުވިއެވެ. އަދި މަސްދޯނި ފަހަރުންވެސް ވައްކަން ކުރާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ހުށައެޅެމުންދާތީ ދޯނިތައް ބެހެއްޓިފައިވާ ސަރަހައްދުތަކުގައި ފަޅު ފެންނާނެހެން ކެމެރާ ހަރުކުރެވިފައިވާނެކަމަށް އައިފާން ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަކި ބަޔަކު ކެމެރާތައް މޮނީޓާ ކުރުމުގެ މަސައްކަތުގައި އަބަދުވެސް އުޅޭނެކަމަށާއި އަދި ސަމާލުވާންޖެހޭފަދަ ކަމެއް ވަނީނަމަ ފުލުހުންނަށް ރިޕޯޓްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

“މީގެ ސަބަބުން މާލޭގެ ސަރަހައްދުތަކުގައި ހިގާފާނެ ނުރައްކާތެރިކަމެއްވިއަސް، އެކަންކަން އަޅުގަނޑުމެންނަށް އެވޮއިޑް ކުރެވޭނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ، ދެން އަޅުގަނޑުމެންގެ ސީސީޓީވީ ކެމެރާތައް މޮނީޓާ ކުރަން 24/7 ތިބޭނެ. އެކުދިންނަށްވެސް އާދަޔާ ހިލާފު ކަމެއް ފެންނަނީނަމަ ވަގުތުން ޕޮލިހަށް ގުޅާ، އިންފޯމްކޮށް، އެކަމާއި ގުޅިގެން އަޅުގަނޑުމެން ކުރަން ހުންނަ ކަންތައްތައް ކުރާނެ، ނުރައްކާތައް ނައްތާލެވޭނެ”

އައިފާން ވިދާޅުވިއެވެ.

އެބޭފުޅުންގެ އަމާޒަކީ މިހާރުގެ ކައުންސިލްގެ 5 އަހަަރުގެ ދަުއުރުގައި މާލޭގެ ހުރިހާ ސަރަހައްދެއްވެސް މޮނީޓާ ކުރެވި، ސީސީޓީވީ ހަރުކުރުމުގެ ޕްރޮޖެކްދަށުން މިކަންތައް ކުރެވުންކަމަށް އައިފާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: