ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

ރައީސް ޔާމީން ތަހުގީގަށް ހާޒިރުކުރުމަށްފަހު މާފުއްޓަށް ގެންދަނީ:_ ފޮޓޯ:- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައިގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްއިތުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު އެއް ގަޑި ސުންމިނަޓަށް ކަމަށެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާދަމާ ހައިކޯޓުގައި ތާވަލް ކޮށްފައިވާ ރައީސް ޔާމީންގެ އިސްއިތިއުނާފުގެ މައްސަލަ ކުރިއަށް ދާނީ ހައިކޯޓުގެ މާލަމުގައެވެ. އެގޮތުން ޖާގަ އޮތް މިންވަރަކުން ޝަރީޢަތުގެ މަޖިލިސް އަޑުއަހަން ވަންނަން ބޭނުންފުޅުވާ ފަރާތްތަކަށް ފުރުސަތު ދެއްވާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމައިލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ހަމަޖެއްސުމަށް ފަހު، އިތުރު ފުރުސަތެއް ދިނީ ޔާމީން އެދިވަޑައިގަތުމުންނެވެ. އެއީ ވަކީލުންނާއި ބައްދަލު ނުކުރެވޭތީއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ހުށަހެޅުމުން ކޯޓުން ވަނީ ހުކުމް މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. “ކެމްޕޭނަށް” ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.

މައްސަލައިގައި އެންމެ ފަހު އަޑުއެހުން ނިންމާލާފައިވަނީ، ގާނޫނީ ވަކީލުންނާއި ބައްދަލުނުވާކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެމަނިކުފާނަށް އެ ފުރުސަތު ދިނުމަށް އެންގުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: