ސަރުކާރު ފެއިލްވެއްޖެކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވާހަކަދައްކަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އިދިކޮޅުން ފާޑުނުކިޔާކަށް ސަރުކާރުގެ އެއްވެސް ކަމެއް ނެތެވެ. ދީނީ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތުތަކުން ފެށިގެން އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތުތަކަށް އިދިކޮޅު ކޯލިޝަނުން ބޮޑެތި ފާޑުކިޔުންތަނެއް ވަނީ އަމާޒުކޮށްފައެވެ.
ގައުމުގެ ހުރިހާ ޒުވާނުް ތިބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާއިމެދު ހިތްހަމަ ނުޖެހިފައި ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަށްވުރެ ޒިންމާދާރުވާންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަނުން އައީ ބުނަމުންނެވެ. އަދި ހުސްވި މަހުން ފެށިގެން ގައުމުގެ ރައްޔިތުން ކުރަމުންދާ މުޒާހަރަތަކެއްކަމަށްބުނެ މުޒާހަރާތައް ވަނީ ބާއްވަން ފަށާފައެވެ. އަދި ދާދި ފަހުން މިހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި އިދިކޮޅުން ސަރުކާރާއި ދެކޮލަށް އަޑު އުފުލާފައިވާއިރު، މާލޭ ސަރަހައްދުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ އަދަދެއްގެ މީހުން ވބަނީ ބައުވެރިވެފައެވެ.
ސައިކަލު ބުރު ނިންާލުމަށްފަހު ޕިޕީއެމް އޮފީސް ދޮރުމަތީގައި އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ. އަދި ވާހަކަދެއްކެވިއިރު މާސްކް ނަންގަވައިން ތިބުމުގެ ސަބަބުން އެކަން މިހާރު ބޮޑު މައްސަލައަކަށްވެ ދެތިން މެމްބަރަކު މިހާރު ވަނީ ޖުރިނަމާވެސް ކޮށްފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސްއިންވަނީ އދިކޮޅުން ބޭއްވި ސައިކަލު ބުރުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް އަމަލުތައް ބަހައްޓާފައިވާކަމަށް ބުނެފައެވެ. އަދި އެކަން ބަލައި ތަހުގީގުކުރާނެކަމަށް ބުނެ އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އިބްރާހިމް ޝުޖާއު، އަބްދުއްރަހީމް އަބްދުﷲ އަދި އަހުމަދު ޝިޔާމް ވަނީ ހާޒިރުކުރައްވާފައެވެ. މިހާރު ވަނީ ބައެއް މެމްބަރުން 1000 ރުފިޔާއިން ޖުރިމަނާވެސް ކޮށްފައެވެ.
މިކަންކަމާއި ގުޅިގެން މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން އިދކޮޅު ކޯލިޝަންގެ ލީޑަރުން ވިދާޅުވީ މިއީ ސިޔާސީ މަންފާއެއްގެ ބެނުމުގައި ކުރާ ކަންކަން ކަމަށެވެ. ސައިކަލު ބުރުގައި މާސްކް ނެގުމަށްފަހު ވާހަކަދެއްކީ ޕީޕީއެމްގެ އޮފީސްތެރޭގައި ހުރެގެން ކަމަށާއި މާސްކް ނާޅައި ވާހަކަ ދެއްކެވިއިރު ތިން ފޫޓު ކައިރީގައި އެއްވެސް މީހަކު ނުހުންނާނެކަމަށް ވިދާޅުވިއެވެ.
ލީޑަރުން ފާހަގަކުރެއްވި ބައެއް ކަންކަމަށް ބަލާއިރު އެޗްޕީއޭގެ ގައިޑްލައިންތްކާއި ޚުދު ސަރުކާރުގެ ބޭފުޅުންވެސް ޚިލާފްވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ގައިދުރުކަމެއްނެތި މީޑިޔާތަކާއި ބައްދަލުކުރައްވާފައިވާކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެތައް ފަހަރެއް މަތިން މާސްކް ނާޅައި އުޅުއްވާފައިވާކަން އެބޭފުޅުން ވަނީ ފާހަަކުރައްވާފައެވެ.
އިދިކޮޅު ލީޑަރުން ވިދާޅުވީ މިއީ ދައުލަތުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއްކަމަށެވެ. ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ގިނައީ ޚަރަދުކުރަ މިންވަރު ކަމަށާއި ރައްޔިތުން ތިބީ ނިކަމެތި ހާލަތެއްގައިކަމަށްވެސް ވިދަޅުވިއެވެ. ރައްޔިތުން ތިބީ ވަޒީފަތައް ގެއްލިފައި ކަމަށާއި އަދި އޭގެ މައްޗަށް ތަކެތި އަގު ބޮޑުވަމުންދާތީ ރައްޔިތުން ޚާއްސަލޮސް ޒުވާނުން ތިބީ ވަރަށް ބޮޑަށް ސަރުކާރާއިމެދު މާޔޫސްވެފައި ކަމަށެވެ.
އެތައް މަސްތަކެއް ކުރިން ފެށިގެން ރާއްޖެ އޮތީ “ވަރސްޓް ކޭސް ސިނާރިއޯ”އަށް ތައްޔާރުވެފައި ކަމަށް ބުނަމުންދިޔަ ކަމަށާއި އެކަމަކު މިހާލަތަށް އައިއިރު މުޅި ގައުމު ދޮވެލާފައިވާކަމަށް ވިދާޅުވިއެވެ.
އަދި މިކަންކަން މިހެން ކުރިއަށްދާނަމަ، ކިތަންމެ ޗިޓުތަކެއް ފޮނުވިޔަސް އަދި ކިތަންމެ ގިނައިން ޖޫރިމަނާކުރި ކަމުގައިވިޔަސް ސަރުކާރު ޒިންމާދާރުކުރުވަން ނުކުތުމުގައި ފަސް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތުތަނުގައިވެސް މިމަސައްކަތްތައް ކުރިއަށްދާނެކަމަށް އިދިކޮޅި ލީޑަރުން ވަނީ ވިދާޅުވެފައެވެ.
2 Responses
ޔާމީން ރާއްޖެ ޓީވީ އެތައްފަހަރަކު ޖޫރި މަނާކުރީ ހަމަ ކާލަން
ޖޫރިމަނާ ސަރުކާރަށް ހަމަ އެނގޭނީ އެކަން.