ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވަދޫން އިތުރު ކޭސްތަކެއް ފެނިއްޖެނަމަ ދެން ޢަމަލުކުރާނީ ކިހިނެއް؟

ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް ޕޮޒިޓިވް ވެގެން މިއަދު އެ ސަރަޙައްދުގައި ހުރި ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ގއ. ވިލިގިއްޔަށް ގެންދިޔުމުން އެރަށަށް އެރުވިޔަ ނުދީ ވަނީ އަބުރާ ފޮނުވާލާފައެވެ.

މިއާއެކު އެކި ފަރާތްތަކުގެ ފާޑު ކިޔުން މިކަމަށް އަމާޒުވެގެން ގޮސްފައިވާއިރު ހަގީގަތުގައި މިކަމަކީ ވަރަށް ބޮޑަށް ވިސްނާ އަވަސް ހައްލުތަކެއް ހޯދަން ޖެހޭ ކަމަކެވެ.

ތިނަދޫން ފައްސި ވި މީހާގެ ޑައިރެކްޓް ކޮންޓެކްޓްސް 40 އަށް އަރާފައިވާއިރު، ރަށު ތެރޭގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތްކަމަށް ސަންގާއި ވާހަކަ ދެއްކި އެރަށުގެ ރައްޔިތަކު ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު އެ ބަލި މީހާއާއެކު ދަތުރުކޮށްފައި ވުމުގެ ސަބަބުންވެސް ބަލި ފެތުރި ދާނެކަމުގެ ނުރައްކާ އޮތް އިރު، ވިލިނގިއްޔަށް ނޭރުވުމުން ބަލި މީހާ އެނބުރި ރަށަށް އައުން މިއީވެސް ބަލި ފެތުރިދާނެ ސަބަބެއް ކަމުގައި އެ ފަރާތުން ފާހަގަ ކުރިއެވެ.

ވިސްނަން ވީ ހަމަ އެކަނި އިތުރު މީހަކު ޕޮޒިޓިވް ވެދާނެތީއެއް ނޫނެވެ. ޕޮޒިޓިވް ވެ ހުވަދު އަތޮޅު އެހެން ރަށަކުންވެސް މި ބަލި ފެނިއްޖެ ނަމަ ބަލި މީހާއި މެދު އަމަލު ކުރާނެ ގޮތަކާއެި މެދުގައެވެ. މިހާތަނަށް ހުވަދު އަތޮޅުން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެ ދެމީހުންވެސް ގެންނަން މި ޖެހުނީ އެއަރ ޓެކްސީ ގައި ބޮޑު ޚަރަދުކޮށްފަ މާލެއަށެވެ.

އެހެންކަމަށް ވާނަމަ، ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ވިލިނގިލީގައި ވޮވިޑް ފެސިލިޓީއެއް ތައްޔާރު ކުރުމަކީ ބޮޑު އިސްރާފަކަށް ނޫނީ ނުވެއެވެ. އެ ފެސިލިޓީ އަކީ ރާއްޖޭގެ ފަސް ސަރަޙައްްދެއްގައި ސަރުކަރުން ތަރައްޤީ ކުރި ފެސިލިޓީން އެއް ފެސިލިޓިއެވެ. ނަމަވެސް ސަރަޙައްދުން ދެ ޕޮޒިޓިވް ކޭސް ފެނި އެ ރަށަށްވެސް ނޭރުވި މި ޖެހުނީ ބޮޑު ޚަރަދުކޮށްގެން މާލެ ގެންނާށެވެ.

ކޮވިޑް19 ކޮންޓްރޯލު ނުވެ ރާއްޖޭގައި ފެތުރެމުންދާއިރު، އެންމެ ނުރައްކާތެރި ޙާލަތްތަކުގައި ސަރަޙައްދީ ކޮވިޑް ފެސިލިޓީ ތަކަކީ ނަމަކަށް ރީއްޗަކަށް، ނުވަތަ އެ ރަށުގެ ވަކި ބަޔަކަށް ތައްޔާރުކޮށްފައި ހުރި ފެސިލިޓީއަކަށް ހަދަން ވެއްޖެ ނަމަ ސަރުކާރުން އެބުނާ “ވޯސްޓް ސިނާރިއޯ” ގައި އަމަލުކުރާނެ ގޮތެއް ކުރެވޭނެ ގޮތެއް ނެތި “އަތަށް ގޮވުން” ނޫންކަމެއް ނުވާނެއެވެ.

މިކަމާއި ގުޅިގެން ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފު ވިދާޅުވީ، މިއަދު އެ ހިނގާދިޔައީ އެއްގޮތަކަށްވެސް ބަލައިގެނެވޭނެކަމެއް ނޫނެވެ. އެގޮތުން ސަރުކާރުން ބޮޑު ޚަރަދެއްކޮށް ފެސިލިޓީއެއް ޤާއިމުކޮސް އޭގެ ބޭނުން ނުހިފޭނަމަ އެހެން ގޮތަކަށްވެސް ސަރުކާރުން ވިސްނަން ޖެެހޭކަމަށްވެސް ވިދާޅުވިއެވެ.

“ކޮންމެ އަކަސް އެ ރަށުގެ ރައްޔިތުންނާއި ދެކޮޅަށް އެ ރަށަށް މީހުން ނޭރުވޭނެ. ޕޮޒިޓިވްވި ދެ މީހުންވެސް ގެންނަން މިޖެހުނީ އަނެއްކާ އިތުރު ޚަރަދެއްކޮށްފަ މާލެ ސަރަޙައްދަށް. ރައްޔިތުން އަޅުގަނޑަށް އެބަ ގުޅާ. އެކަމް މިކަމުގަ ދޭނެ ޖަވާބެއް މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަކަށް ނޭންގެ”

ސަނީފު އިތުރަށް ވިދާޅުވީ، މި ބަލި މަޑުކަމުގައި އެ ސަރަޙައްދަކުން ޕޮޒިޓިވް ވީ ފަރާތްތަކަށް އެ ސަރަޙައްދެއްގައި ހުންނަ ފެސިލިޓީން ދެވެން ޖެހޭނެކަމަށެވެ. ނޫންނަމަ މި ބަލި އިތުރަށް ފެތުރިގެން ދިޔުމާއި، ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑު ވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ އަކަސް މިއީ ހައްލުވާން ޖެހޭ ކަމެކެވެ. ވިލިގިލިން ފެސިލިޓީ ނަގައިގެން އެހެން ރަށަކަށް ގެންގޮސްގެން ނަމަވެސް މިކަން ހައްލު ވާން ޖެހެއެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެހެންތޯ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ކޮށްގެން ވިލިނގިލީގައި ކޮވިޑް ފެސިލިޓީއެއް ތައްޔާރު ކުރުމަކީ ބޮޑު އިސްރާފެކޭތޯ؟ ހެހެހެ ތިބޭޅާ އެބުނާ ޒާތުގެ ފެސިލިޓީ ދުޝީމްތޯ؟ ހެހެހެ ވާއެއްޗަކީ ނުވާއެއްޗަކީ ކޮބާތޯ؟ ހެހެހެ ސަންގު ދޮގުނަހަދާނެ ދެއްތޯ؟ ހެހެހެ ސާއްލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: