ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒްޓިވްވީ 199 މީހުން، 145 ދިވެހިން ހިމެނޭ!

ކޮވިޑް-19
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އިތުރު 199 މީހަކު ކޮވިޑް-19އަށް ޕޮޒްޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 145 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ފައްސިވީ 45 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހުންނާއި ސްރީލަންކާގެ ތިން މީހަކާއި އެމެރިކާގެ ދެމީހަކާއި ޗައިނާ މީހަކާއި ޖަޕާން މީހެކެވެ.

މިއަދަކީ ފާއިތުވި އެއްމަސް ދުވަސް ތެރޭގައި ވެސް ރާއްޖެ އިން އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. މިއަދަކީ އޮގަސްޓް މަހުގެ 02 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 8،003 އަށް ވަނީ އަރައިފައެވެ. މިވަގުތު ބައްޔަސް ފަރުވާ ހޯދަމުން ދަނީ 2،703 މީހުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 1،395 މީހުން ތިބިއިރު، އެޑްމިޓް ކޮށްގެން 162 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް 5،265 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭ 150 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް 29 މީހަކު ރާއްޖެއިން ކޮވިޑް19ގައި ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: