ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްބާސްއަށް ފަރުވާދޭނެ ޑޮކްޓަރެއް ބޭނުންވޭ: އަނދުން ހުސައިން

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ.ވަހީދުގެ ސަރުކާރާއި، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރެއްވި އައްބާސް އާދިލް ރިޒާއަށް މިވަގުތު ޑޮކްޓަރީ ބޭނުންވާކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަހީމު ވިދާޅުވެއްޖެއެވެ.

އައްބާސްއާއި ޓެގްކުރައްވާ މަޖިލީހުގެ ހެންވެއިރު ދެކުނު ދާއިރާގެ މެންބަރު ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އައްބާސް އާދިލް ރިޒާއަށް ބޮޑެތި އިންވެސްޓްމެންޓް ފެނުމުގައި ދަތިތަކެއް ހުރިކަން ފާހަގަވާކަމަށެވެ.

އަދި އައްބާސްއަށް ފަރުވާދެވޭނީ ޑޮކްޓަރުންނަށް ކަމަށާއި، ޑޮކްޓަރުންގެ ކަންކަން ހަމަޖައްސަވާ ދެއްވާނޭކަމަށްވެސް ޝަހީމުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

 

ފަހަކަސް އައިސް ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ އެއްބޭފުޅަކީ އައްބާސް އާދިލް ރިޒާއެވެ. އެގޮތުން އިންޑިއާ ސިފައިން ފުރާނަ ބޭނުންނަމަ ރާއްޖެ ދޫކޮށް ދިޔުމަށްވެސް އައްބާސްވަނީ މީގެ ކުރިން ގޮވާލާފައެވެ.

އައްބާސްގެ ޢަމަލުތަކަކީ ޓެރަރިޒަމްގެ ޢަމަލުތަކެއްކަމަށާއި، އެކަންކަން ތަހުގީގު ނުކުރާތީވެ ކޮމިޝަނަރ އޮފް ޕޮލިސް ހަމީދަށްވެސް މެންބަރު ޝަހީމު ވަނީ މީގެ ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: