ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ދީބާނާޒް އައްޔަން ކުރުމަކީ ލިބުނު ވަރަށް ބުޑު ކުރިއެރުމެއް: އޭޖީ

ދީބާ ނާޒް ފަހުމީ ފަނޑިޔާރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޖޭއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ދީބާ ނާޒް ފަހުމީ އައްޔަން ކުރެވިގެން ދިޔަ ދިއުމަކީ ޖުޑިޗަރީއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ދިބާ ނާޒް ފަހުމީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމަކީ ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ވިދާޅުވި މައިގަނޑު ސަބަބަކީ ދީބާ ނާޒް ފަހުމީ އަކީ ދަށު ކޯޓެއްގައި ޖިނާއީ މައްސަލަތައް ބެލުމަށް އައްޔަން ކުރި ފުރަތަމަ އަންހެން ފަނޑިޔާރު ކަމަށް ވާތީއެވެ.

ޖޭއެސްސީގައި ވެސް އިންނަވާ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ވިދާޅުވީ މިއީ ޖުޑިޝަރީގައި އަންހެން ފަނޑިޔާރުން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިހާރު އޮތް ޖޭއެސްސީގެ ލަފާގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓަށް ވެސް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވާފައެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވަނީ ކުރިމިނަލް ކޯޓަށް އައްޔަން ގާޒީއަކު އައްޔަން ކުރެއްވުމުން މަރުހަބާ ވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ދީބާނާޒްއަކީ މަގާމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. ދީބާނާޒްއަކީ ކުރިން ޕީޖީ އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ދީބާނާޒުގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޕީޖީ އޮފީހުގެ ކުރީގެ ވަކީލް މުހައްމަދު މިސްބާހު ވެސް ވަނީ އައްޔަން ކުރައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: