ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައި ރައްޔިތުން ގުނބޯ ހައްދައި ސަރުކާރާ ތޮޅެން ނޫޅޭ: ޖޭޕީ

ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އާއި ނައިބް ރައީސް އަހުމަދު ސައުދު-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮއްވައި، ރައްޔިތުން ގުނބޯ ހައްދައި ސަރުކާރާ ތޮޅެން ނޫޅުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ގޮވާލައްވައިފި އެވެ.

ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީ ސާބިތުވެ އޮތީ ރައީސް ސޯލިހާއެކު ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ހާލަތުގައި ސަރުކާރާ ތޮޅެއް ނޫޅުމަށް ސައުދު ގޮވާލެއްވިއެވެ.

“ޖުމްހޫރީ ޕާޓީ އޮތީ ސާބިތުކަމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު. ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުން ގުނބޯ ހައްދައިގެން ސަރުކާރާ ތޮޅެއް ނޫޅޭތި،” އިދިކޮޅަށް އިޝާރާތް ކުރައްވާ ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވި ގޮތުގައި ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު މި ހާލަތުގައި ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ގައުމު ހަލަބޮލި ކުރަން ނޫޅޭނެ ކަމަށެވެ.

ސައުދު އެގޮތަށް ވިދާޅުވި އިރު، އިދިކޮޅު ފަރާތްތަކުން ދާދި ފަހުން ވަނީ މާލޭގައި ސައިކަލް ބުރެއް ބާއްވައިފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ކަނޑުމަތީގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާއެއް ވެސް ކުރި އެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: