ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯނޑެއްދޫން ދެ މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ހޯނޑެއްދޫން ނެގި ރެންޑަމް ސާމްޕަލް ތަކުގެ ތެރެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

ހޯނޑެއްދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީން ފުރިހަމަކޮށް ރިލީޒް ނެގި ހަތަރު މީހުންނެވެ. އެއާއެކު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނެގި ރެންޑަމް ސާމްޕަލްގެ ތެރެއިން ދެމީހަކު މިވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

މިއާއެކު އެ ރަށް މޮނިޓަރިންގެ ހާލަތަށް ލުމަށް އަންގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައި ވިދާޅުވެފައި ވަނީ އެރަށް މޮނިޓަރިންގ ހާލަތަށް ލާފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދައާއި ނުލައި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ލިޔުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: