ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭވާ އާއި ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީ ނުކުރާނަމަ ދިހަހާސް ރުފިޔާއިން ޖޫރިމަނާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މޭވާ އާއި ތަރުކާރީ ވިއްކާ ތަންތަން ރަޖިސްޓްރީ ނުކުރާނަމަ ދިހަހާސް ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ކަނޑައަޅައި ތަރުކާރީ އާއި މޭވާފަދަ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފިއެވެ.

މިގަވާއިދުގެ ދަށުން ރަޖިސްޓްރީ ކުރަންޖެހޭނީ ފިހާރަ، ބޭކަރީ، ކެންޓީން، ސައި ހޮޓާ ފަދަ ތަންތަން ފިޔަވައި މޭވާ އާއި ތަރުކާރީ ފަދަ ތަކެތި ވިއްކާ ތަންތަން އެކަންޏެވެ. އެގޮތުން ތަނެއްގައި ގާއިމްވެގެންވިޔަސް އަދި ތަނެއްގައި ގާއިމްވެގެން ނޫން ކަމުގައިވިޔަސް މޭވާ އާއި ތަރުކާރީ ވިއްކާ ކަމުގައިވާނަމަ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އަދި އިލެކްޓްރޯނިކް ޒަރީއާއިން މިފަދަ ތަކެތި ވިއްކާނަމަ ރަޖިސްޓްރީކުރަން ޖެހޭނެއެވެ. އެގޮތުން މިފަދަ ތަކެތި ވިއްކާ ރީޓެއިލް ފިހާރަ، ހޯލްސޭލް ފިހާރަ، ހޯލްސޭލާއި ރީޓެއިލް ފިހާރަ، ފްރެޝް މާރުކޭޓް އަދި އޮންލައިން ފިހާރަތައްވެސް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.

ގަވާއިދަށް އަމަލުކުރަން ފަށާތާ30 ދުވަހުގެ ތެރޭގައި މިފަދަ ތަންތަން ރަޖިސްޓްރީކުރަން ޖެހެއެވެ. ގަވާއިދަށް އަމަލުކުރަންފަށާނީ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

މިފަދަ ހަރަކާތެއް ހުއްޓާލާތާ14 ދުވަހުގެ ތެރޭގައި އެވިޔަފާރީގެ ހުއްދަ ބާތިލްކޮށްދިނުން އެދި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއަށް ހުށައަޅަން ޖެހޭނެއެވެ. އަދި ރަޖިސްޓްރީނުކޮށް މިފަދަ ވިޔަފާރިތައް ހިންގާކަން ފާހަގަވެއްޖެނަމަ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނާއި ޚިލާފްވީ ކަމަށް ބަލައި ދިހަހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ގަވާއިދުގައިވެއެވެ.

މީގެ އިތުރަށް، ވިޔަފާރި ހިންގުމަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން، ޝަރުތު ހަމަނުވާކަން ފާހަގަވެއްޖެނަމަ ފަސްހާސް ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: