ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް!

އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފިއެވެ.

ކޯލް ސެންޓަރާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

ކޯލް ސެންޓަރުގެ ކައުންސިލްތަކަށް ހާއްސަކޮށްފައިވާ ނަންބަރު ތަކަކީ 3335007، 3335770، 3335773 އަދި 3335776 އެވެ.

މިނިސްޓްރީން ބުނީ ކޯލް ސެންޓަރުތައް މެދުވެރިކޮށް ކައުންސިލްތަކާއި މިނިސްޓްރީ ދެމެދު ކުރިޔަށް ގެންދަން ޖެހޭ މުއަމާލާތްތައް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި، ވިޔަފާރި ރެޖިސްޓްރީ ކުރުމާއި ބިދޭސީންނާއި ގުޅުން ހުރި މައުލޫމާތުތައް ސާފުކޮށް ދިނުން ހިމެނެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކާއި އިކޮނޮމިކް މިނިސްޓްރީ ދެމެދު ގިނަ މުއާމަލާތްތަކެއް ކުރިޔަށް ގެންދަން ޖެހެ އެވެ. ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭ ކަމުގެ ޝަކުވާތައް ފެންމަތިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: