ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގައި ތަރައްގީކުރާ ބައިނައްލަޤްވާމީ ޕޯޓުގެ މަސައްކަތް ބީލަމަށް ހުޅުވާލުމަށް ތައްޔާރު ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގައި ބައިނަލްއަގްވާމީ ޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕޯޓު ތަރައްގީ ކުރުމުގެ ތަފްސީލީ ރިޕޯޓު ނިމި ބީލަން މަރުހަލާއަށް ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް އިކޮނަމިކް މިނިސްޓްރީގެ އަހަރީ ރިޕޯޓް ހުށަހަޅަމުން ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ފަރާތުން ނުހާ މުހައްމަދު ވިދާޅުވީ ގުޅީފަޅުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޕޯޓުގެ ޑީޓެއިލް ރިޕޯޓު ނިމި ބީލަން މަރުހަލާއަށް މިހާރު ގޮސްފައިވާ ކަމަށެވެ. އަދި ގުޅީފަޅުގެ ބިޑިންގ މަރުހަލާތައް ކުރިއަށް ގެންދާނީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ކަމަށް ނުހާ ވިދާޅުވިއެވެ. ނަމަވެސް ބީލަމަށް ހުޅުވާލެވޭނެ ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.

ނުހާ ވިދާޅުވި ގޮތުގައި ގުޅިފަޅުގައި ތަރައްގީ ކުރާ ޕޯޓުގެ މަސައްކަތްތައް ނިމުމުން އިކޮނަމިކް މިނިސްޓްރީގެ މަސައްކަތަކީ އިންވެސްޓަރުން ހޯދުމުގެ މަސައްކަތްތަކެވެ. އެގޮތުން މިހާރު ބޭރުގެ އެކިއެކި އިންވެސްޓަރުންނާ ވާހަކަ ދައްކަމުންދާ ކަމަށް ނުހާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެފްސީލެއް ނުހާ ދެއްވާފައެއް ނުވެއެވެ.

ގުޅީފަޅުގައި ބައިނައްލަޤްވާމީ ޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު އެ ޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިން ބޭންކުގެ އެހީގައެވެ.

ގުޅިފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅީފަޅަށް ބަދަލު ކުރުމެވެ.

މިގޮތުން މި ފިޔަވަހީގައި މާލޭ ކޮމާރޝަލް ހާބަރު، ނޯތު ހާބަރު، އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދުމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ޕޯޓު 2023 ގައި ހުޅުވުމުން އެ ސަރަހައްދަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: