ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫގައި ސައިކަލު ބުރެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އައްޑޫ ސިޓީގައި ސައިކަލު ބުރެއް ބާއްވައިދިފިއެވެ.

އެސިޓީ ހުޅުމީދޫ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

މި ސައިކަލު ބުރުގެ ބައިވެރިން ތިބީ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ހަދާފައިވާ ޕޯސްޓަރުތަކަކާއި ސަރުކާރަށް ފާޑުކިޔުމުގެ ތަފާތު އެކި ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތައް ހިފައިގެންނެވެ.

ކޮވިޑް-19 ގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައިވާއިރު އިދިކޮޅުން ދަނީ އެއްވުންތައް ބާއްވައި މުޒާހަރާތައް ކުރަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސައިކަލު ބުރު ބާއްވާފައެވެ.

އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، ފުލުހުން ވަނީ އެކަން އިންތިޒާމު ކުރުމުގައި އުޅުއްވި ބޭފުޅުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: